
ޕްރިޔަންކާ އާއި ނިކް ޖޮނަސްގެ ކާވެނީގެ ތިންވަނަ ރިސެޕްޝަން ރޭ މުމްބާއީގައި ބާއްވައިފިއެވެ. ރޭގެ ރިސެޕްޝަން ޚާއްޞަކޮށްފައިވަނީ ބޮލީވުޑްގެ ތަރީންނަށެވެ. މިއީ ޑިސެންބަރު މަހުގެ އެއްވަން ދުވަހު އުދައިޕޫރްގެ އުމައިދް ބާވަން ގައި ހިންދީ އަދި ކްރިސްޓިއަން ދީނުގެ ސަގާފަތާއި އެއްގޮތަށް ކާވެންޏާއި ޕާޓީ ބޭއްވިފަހުން މި ދެފަންނާނުން ބެއްވި ތިންވަނަ ޕާޓީ އެވެ.
ބުދަ ދުވަހުގެ ރޭވެސް ޕާޓީ އެއް ވަނީ ބާއްވާފައެވެ. އެ ޕާޓީ އަކީ ރަހްމަތްތެރިންނާއި ގާތް މީހުންނަށް ބޭއްވި ޕާޓީއެކެވެ. މި ޕާޓީގައި ޕްރިޔަންކާ ލައިގެން ހުރީ ސަބަޔާސާޗީގެ ހެދުމެކެވެ. މި ހެދުން ތައްޔާރު ކުރި ގޮތުގެ ވީޑިއޯ އެއް ސަބަޔާސާޗީ އިން ވަނީ އާއްމުކޮށްފައެވެ.
ބުރާސްފަތި ދުވަހުގެ ރޭ އޮތް ރިސެޕްޝަންގައި ސަލްމާން ޚާން، އާޝާ ބޯސްލޭ، ކަޓްރީނާ ކައިފް، ރޭކާ، ޝާހިދް ކަޕޫރް، ދީޕިކާ، އަނުޝްކާ އަދި ރަންވީރް ބައިވިރިއެވެ. މީގެ އިތުރުންވެސް ޑައިރެކޓަރުންނާއި މިއުޒީޝަނުްނާއި ޕްރޮޑިއުސަރުން ބައިވެރިއެވެ.