ރައީސް ޔާމީން ޕޮލިހަށް ވަޑައިގަންނަވާނީ ހިންގަވާފައި

ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މާދަމާ ފުލުސް އޮފީހަށް ވަޑައިގަންނަވާނީ ހިންގަވާފައި ކަމަށް ޕީޕީއެމްއިން ބުނެފިއެވެ.

ޕީޕީއެމް އޮފީހުގައި މިހާރު ކުރިއަށް ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނާއިބު ލީޑަރު ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ ރައީސް ޔާމީން ފުލުސް އޮފީހަށް ވަޑައިގަންނަވާނީ ސީދާ ޕީޕީއެމް އޮފީހުން ކަމަށެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީން ރާއްޖެ ދޫކުރައްވައި ފިއްލަވައިގެން ވަޑައިގަންނަވަން އުޅުއްވާ ކަމަށް ވެސް ވާހަކަ ދެކެވުނު ކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނު ވެސް ޢާއިލާ ވެސް އެއްގޮތަކަށް ވެސް ރާއްޖެ ދޫކުރައްވައި ބޭރަށް ވަޑައިގެންނެވުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން މިހާރުވެސް ހުންނެވީ ރާއްޖޭގައި ކަމަށާއި އަދި ފަހުން ވެސް ރާއްޖެ ދޫކުރައްވައި ވަޑައިނުގަންނަވާނެ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. އެހެން ނުހައްދަވާ . އަދުރޭއަށް ނޭޏގުނަސް ރައީސް ޔާމީންދެކެ ރުޅިއަންނަ ވަރަށް ގިނަބަޔަކު މާލޭގައިވެސް އެބައުޅޭ. އެމަނިކުފާނު ގަން ހިންގަންތަ އަދުރޭމެންގެ ވިސްނުމުގަ އޮތީ. ޔާމީނަށް އަދިވެސް މުްނދޫދުމެން ، އަދުރޭމެން އެނގިވަޑައިނުގަންނަވާތީ ދެރައީ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.