ގައުމީ ވިންދުގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަނީ

"ގައުމީ ވިންދު" ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަނުން މިއަދު ދީފިއެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ބުނީ "ގައުމީ ވިންދު" ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމުގެ ހުއްދަ ދޫކޮށްފައި ވަނީ މުޙަންމަދު ރަމީޒު އަލީ، ގ.ރާވެހި، (އޮގަރު ރަމީޒު) އަށް ކަމަށެވެ. އިލެކްޝަނުގެ ހުއްދައާއެކު އެޕާޓީއަށް 3000 މެމްބަރުން ހަމަކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ގައުމީ ވިންދު ޕާޓީ ހެދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަނުން މިއަދު ދޫކުރިއިރު ދާދިފަހުން ވަނީ އެމްޓީޑީ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަވެސް ދީފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޓީޑީ ޕާޓީ އުފެއްދުމުގައި އިސްކޮށް ހުންނެވީ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބެވެ. އެޕާޓީއަށް އެންމެ ފުރަތަމަ ސޮއި ކުރެއްވީވެސް އަދީބެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.