
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ތިން މިނިސްޓްރީއެއްގެ ސްޓޭޓު މިނިސްޓަރުންނަށް ބޭފުޅުން ޢައްޔަން ޢައްޔަން ކުރައްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާ މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް މިއަދު ޢައްޔަން ކުރެއްވި ބޭފުޅުންނަކީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަންގެ މަޤާމަށް، ފުވައްމުލަކު މާދަޑު، ވެށި، ޑޮކްޓަރ ޢަބްދުﷲ ރަޝީދު ޙަސަނާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހަޔަރ އެޑިއުކޭޝަންގެ މަޤާމަށް، ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ނައިލޯނުގެ، މުޙައްމަދު ހާޝިމާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓްގެ މަޤާމަށް އައްޑުއޮތޮޅު ހިތަދޫ ރަށްދެބައިގެ، ޑޮކްޓަރ ޢަބްދުﷲ ނަޞީރެވެ.
ރައީސުލްޖުމްހޫރިއްޔާ މި 3 ބޭފުޅުން މަގާމަށް ޢައްޔަނުކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުންނެވެ. މިބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
މީގެ ކުރިން ވެސް ރައީސް ވަނީ ބައެއް މިނިސްޓްރީތަކަށް ސްޓޭމިނިސްޓަރުންނާއި ނާއިބުން ޢައްޔަން ކުރައްވައިފައެވެ.