
ކަރަޕްޝަނާއި ދައުލަތުގެ މުދަލަށް ޚީޔާނާތް ތެރިވެފައިވާ މީހުންގެ މައްސަލަ ބަލާ ރިޔާސީ ކޮމިޝަންގެ މެންބަރުންނަށް މިައދު މަޤާމުގެ ލިޔުން ޙަވާލު ކުރައްވައިފިއެވެ.
މި ކޮމިޝަން އަކީ 2012ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1ވަނަ ދުވަހުން ފެށިގެން 2018ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 17ވަނަ ދުވަހުގެ ނިޔަލަށް ހިނގާފައި ޚިޔާނާތުގެ މައްސަލަ ތަކާއި ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރި ކުރުމުގެ މައްސަލަތައް އެކަށީގެންވަ ގޮތެއްގައި ތަހުގީގު ކުރެވިފައި ނުވާތީ އާއި އިންސާފު ގާއިމު ކުރެވިފައިނުވާތީ އެކަންކަން ބަލައި ތަހުގީގު ކުރުމަށް ޤަރާރެއްގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވަ ކޮމިޝަން އެކެވެ.
މި ކޮމިޝަންގައި ހިމެނިވަޑަިއގަންނަވާ މެންބަރުންނަކީ ފަރެސްމާތޮޑާ ގުލްފާމުގޭ އަޙްމަދް އަސްޢަދް އައި ޏ. ފުވައްމުލަކު ދަޑިމަގު ގާޑެންގްރޯވް ޢަޞް އާބްދުﷲ އާއި ދަފްތަރު ނަންބަރު ރސ. 7006 އަލްއުސްތާޒް ނަދީމް އިބްރާހީމް އާއި މ. މިރުސްގަސްދޮށުގޭ އާމިނަތު ޙަސަން އާއި ދަފްތަރު ނަންބަރު ދރ 1320 ފާޠިމަތު ސަރީރާ ޢަލީ ޝަރީފެވެ.