
މިނިސްޓަރ އޮފް ހޯމްއެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ ގއ. މާމެންދުއަށް ވަޑައިގެންފިއެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙަމްދޫން ރަޝީދު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މާމެންދުއަށް ވަޑައިގެން މިނިސްޓަރ ވަނީ އެރަށުގައި މަސައްކަތް ކުރައްވާ ފުލުހުންނާ ބައްދަލު ކުރައްވައިފައެވެ. މީގެ އިތުރަށް މިނިސްޓަރ ވަނީ އެރަށު ކައުންސިލާ ވެސް ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފައެވެ.
މީގެކުރިން މިނިސްޓަރ ޢިމްރާންވަނީ ގއ. ވިލިގިއްޔަށް ވަޑައިގެންފައެވެ. އެރަށަށް ވަޑައިގެން އެމަނިކުފާނުވަނީ އެރަށުގައި މަސައްކަތް ކުރައްވާ ފުލުހުންނާ ބައްދަލު ކުރައްވައިފައެވެ. އަދި އެރަށުގައި ހުންނަ ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކްގައި އަލިފާން ރޯވެ ގެއްލުން ލުބުނު ފުލުހުންނާ ވެސް ބައްދަލު ކުރެއްވިއެވެ. އަދި އެހާދިސާގައި ފުލުހުންގެ ބައެއް ސާމާނު އަނދައިގެން ގޮސްފައިވާތީ މިވަގުތަށް އެބޭފުޅުންނަށް ބޭނުންވާ ސާމާނު ވެސް ވަނީ ފޯރުކޮށްދެއްވައިފައެވެ.