
ރާއްޖޭގެ ކޮންސްޓްރަކްޝަން ދައިރާގައި ހުރި ކަންބޮޑުވުންތައް ރައީސް އިބްރާހީމް މުޙައްމަދް ޞާލިހް އާއި ޙިއްސާ ކުރައްވައިފިއެވެ.
ކޮންސްޓްރަކްޝަން ދާއިރާ އާ ގުޅުން ހުރި ކަންކަމުގައި ދިމާވާ ދަތިތަކާއި ގޮންޖެހުންތަކުގެ މަޢުލޫމާތު އެމް.އެން.އޭ.ސީ.އައި (މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ) އިން ރައީސް އިބްރާހީމް މުޙައްމަދް ޞާލިޙް އާއި ޙިއްސާ ކުރެއްވީ މިއަދު އެމް.އެން.އޭ.ސީ.އައި ގެ އެގްޒެކެޓިވް ބޯޑުން ރައީސާ އެކު ބޭއްވި ބައްދަލު ކުރެއްވުމަގައެވެ. އަދި ސަރުކާރާއި. އަމިއްލަ ޖަމިއްޔާތަކާއި ވިޔަފާރިވެރީން ގުޅިގެން މަސައްކަތް ކުރެއްވުމުގެ މުހިއްމު ކަން އެ ބޭފުޅުން ހަމަ ކުރެއްވިއެވެ.
މެންބަރުން ހުށަހެޅުއްވި މައްސަލަތައް ބައްލަވައި ދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މަސައްކަތް ކުރިޔަށް ގެންދިއުމގުައި ދިމާވާ ދަތިތަކާއި މައްސަލަަތަކަށް ޙައްލު ހޯދުމަށް ސަރުކާރުގެ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަަމަށް ރައީސް ވިދާޅުވިއެވެ.
އެމް.އެން.އޭ.ސީ.އައި އާއި ރައީސް ބައްދަލުކުރެއްވީ ހޯމަ ދުވަހު ރައީސް އޮފީހުގައެވެ.