ފޮރިން މިނިސްޓަރު ޝާހިދު ރާއްޖެ ވަޑައިގެންފި

ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އަވައްޓެރި އިންޑިޔާ އާއި ދުބާއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

މިނިސްޓަރުގެ މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ އަވައްޓެރި އިންޑިޔާއަށެވެ. މިއީ ރާއްޖެ އާއި އިންޑިޔާއާ ދެމެދު މަސްރަޙު ކިލަނބު ވެފައި އޮތުމަށް ފަހު ދެގައުމުގެ އިސް ވަފުދެއް ފަހަކަށް އައިސް އިންޑިޔާއަށް ކުރެއްވި ފުރަތަމަ ދަތުރެވެ.

މިދަތުރުފުޅުގައި މިނިސްޓަރު ޝާހިދު ވަނީ އިންޑިޔާގެ ފޮރިން މިނިސްޓަރާއި އެގައުމުގެ ރައީސާވެސް ބައްދަލު ކުރައްވާފައެވެ. އަދި ދެގައުމުގެ މެދުގައި ގުޅުން ބަދަހި ކުރުމާއި، އިންޑިޔާއިން މާލީ އަދި އެނޫންވެސް އެހީތައް ރާއްޖެއަށް ދިނުމާބެހޭ މަޝްވަރާތަކެއްވެސް މިދަތުރުގައި ވަނީ ކުރިޔަށް ގޮސްފައެވެ.

އިންޑިޔާއިން އެނބުރި ރާއްޖެ ވަޑައިނުގެން މިނިސްޓަރު ވަޑައިގެންނެވީ ދުބާއީއަށެވެ. އެގައުމުގެ އިސް ބޭފުޅުންނާއެކުވެސް މަޝްވަރާތަކެއް ބޭއްވިއެވެ. އަދި އަންނަ އަހަރުން ފެށިގެން ވިސާއާނުލައި ދުބާއީއަށް ދިވެހިންނަށް ދެވޭނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.