
ނެހާ އާއި އަންގަދް ބޭދީގެ އަލަތު ދަރިފުޅު، މެހެރް ދޫޕިއާ ބޭދީ ހޮސްޕިޓަލުން ދޫކޮށްލުމުން ގެއަށް ގޮސްފިއެވެ. ހުކުރު ދުވަހު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ. ނެހާ އާއި އަންގަދް ދަރިފޅޫ ގޮވައިގެން ހޮސްޕިޓަލުން ނިކުތް ވަގުތު ހޮސްޕިޓަލުގެ ބޭރުގައި ފޮޓޯގްރާފަރުން ފާރަ އަށް ތިއްބެވެ. ނެހާ ވަނީ ދަރުފުޅާ އެކު ފޮޓޯ އަކަށް ވެސް ހުއްޓިފައެވެ.
ނެހާ ވިހެއީ ނޮވެންބަރު މަހުގެ 18ވަނަ ދުވަހުއެވެ. މޭ މަހު ސިއްރުން ކާވެނި ކުރުމަށް ފަހު ބަލިވެ އިންކަން ހާމަކުރީ އޯގަސްޓް މަހުގެ ފަހު ކޮޅު އެވެ.