ލަގަނެއް ނެތް އަހެއް ހެން އެއްވެސް ސިޔާސީ ޕާޓީ އެއް ދޫކޮށްލާފައި ނުބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދް ޝަރީފް ވިދާޅުވެއްޖެއެވެ. ޝަރީފް މިހެން ވިދާޅުވީ އިދިކޮޅު ޕާޓީއެއް އޮތަނުދިނުމަށް އީސީ އާއި އިލެކްޝަންސް ކޮމިޝަނާއި އެ ކޮމިޝަންގެ ރައީސް އަޙްމަދް ޝަރީފް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ތުހުމަތު ކުރައްވައި އަންގާރަ ދުވަހު ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އަޙްމަދް ނިހާން ކުރެއްވި ޓުވީޓަކާ ގުޅިގެންނެވެ. ޝަރީފް ވިދާޅުވެފައިވަނީ "އީސީ އިން އެދެނީ ގާނޫން ތަކާއި ގަވައިދުތަކަށް ފުށު ނާރާ ގޮތަކަށް ކަންކަން ކުރުމަށް. ލަގަނެއް ނެތް އަހެއް ހެން އެއްވެސް ސިޔާސީ ޕާޓީ އެއް ދޫކޮށްލާފައި ނުބޭއްވޭނެ" ކަމަށެވެ.
ކޮމިޝަން މެންބަރު އަޙަމަދް ޙަބީބު ވެސް ވަނީ ނިހާންގެ ޓުވީޓު ދޮގު ކުރައްވާފައެވެ. އެއީ "ރަނގަޅު ވާހަކަފުޅެއް ނޫނ. ސިޔާސީ ޕާޓީ ތައް ގާނޫނީ އިމުގެ ތެރެއިން ހިމްގުމަށް އީސީ އިން ލިބެންޖެހޭ ހުރިހާ އެހީތެރިކަމެއް ލިބިވަޑައިގަންނަވާނެ" ކަމަށެވެ. އަދި އަހްމަދް ނިހާން ނިސްބަތްވާ ޕާޓީގެ ބޭފުޅަކު އައު ޕާޓީ އެއް އުފެއްދުމަށް ފޯމު ގެންދަވާފައިވާ ކަމަށް ޙަބީބު ވަނީ ވިދާޅުވެފައެވެ.
EC in edhenee gaanoon thakaa gavaaidhu thakah fushu naaraa gothah kankan kurumah, laganeh neh aheh hen ehves siyaasee party dhookohlaafa nubehveyne. https://t.co/F8jCIcbAHh
— Ahmed Shareef (@ShareefRangondi) November 22, 2018
Idhikolhu Siyaasee Party eh Rajjeygai otha nudhinumah @ElectionsMv aai E muassasaage raees @ShareefRangondi kurahvvamun gendhavaa massakaiy vaguthun vaguthah huttaalumah dhannavan.
— Ahmed Nihan (@ahmed_nihan) November 20, 2018