މަސްގުޅަކެއުން ހުއްޓުވައިދޭ ނުވަތަ މަދުކޮށްދޭ ކާނާ

މަސްގަނޑު މާބޮޑަށް ވާންވުމުން ހަރުވެ މަސްގަނޑު ރަނގަޅަށް ދަމައިނުލެވި ތަދު އިހުސާސް ވެއެވެ. މިއީ އާއްމުކޮށް ދިމާވާ އެހެނަސް އަމިއްލައަށް ފަރުވާ ކުރެވިދާނެ ކަމެކެވެ. ކަސްރަތާއި، ފެންމަދުވުމާއި، ޕީރިއަޑް ވުމަކީ މަސްގުޅަކާން މެދުވެރިވާ ބައެއް ސަބަބުތަކެވެ. މަސްގުޅަކެއުން ހުއްޓުވޭނެ އެއްގޮތަކީ މަސްގަނޑު ރަނގަޅަށް ދަމައިލުމާއި މަސާޖް ކުރުން ނުވަތަ ޕޮޓޭސިއަމް، ސޯޑިއަމް، ކެލްސިއަމް، އަދި މެގނީޒިއަމް ފަދަ މައިގަނޑު ކާނާގެ މާއްދާތައް ކެއުމުގައި ހިމަނައިގެންނެވެ. މި ނިއްޓްރިއެންޓް ތަކަށް ކިޔަނީ އިލެކްޓްރޯލައިޓްސް އެވެ. ތިރީގައި މިވާ ކާނާގެ ބާވަތްތަކުން އެ ނިއުޓްރިއެންޓް ލިބޭނެއެވެ.

ދޮންކެޔޮ:

ދޮންކޭލުގައި ޕޮޓޭސިއަމް ހުންނަކަން ގިނަ މީހުންނަށް އެނގޭނެއެވެ. ދޮންކޭލުގައި މެގްނީޒިއަމް އާއި ކެލްސިއަމްވެސް ހިމެނެއެވެ. މަސްގުޅަކެއުން ހުއްޓުވުމަށް ބޭނުންވަ މާއްދާތަކުގެ ތެރެއިން ތިން މާއްދާ އެއް ދޮންކޭލުން ލިބެއެވެ.

ކައްޓަލަ:

ދޮންކޭލެކޭ އެއްފަދައިން ކައްޓަލައިންވެސް ޕޮޓޭސިއަމް އާއި މެގްނީޒިއަމް އާއި ކެލްސިއަމް ލިބެއެވެ. ނަަމަވެސް ކައްޓަލައިގައި މި މާއްދާތައް ހުންނަ މިންވަރު ދޮކޭލަށްވުރެ ހަ ގުނަ އިތުރެވެ. އާދައިގެ އަލުއްވާއި ބަރަބޮލަކީވެސް މެގްނީޒިއަމް އާއި ކެލްސިއަމް އަދި ޕޮޓޭސިއަމް އެކުލެވޭ ތަކެއްޗެވެ. އަލުއްވާއި ބަރަބޮލުގައި ގިނަ އަދަދަކަށް ފެންވެސް ހުރެއެވެ. އެހެންކަމުން ހަށިގަނޑަށް ބެނުްނވާ ފެންވެސް މި ދެ ބާވަތުން ލިބެއެވެ.

އެވަކާޑޯ:

އެވަކާޑޯ އަކީ ކިރިމި ގޮތަށް ހުންނަ ފެހިކުލައިގެ ބެރީއެކެވެ. އެއް އެވަކާޑޯ އިން 975 މިލިގްރާމް ޕޮޓޭސިއަމް ލިބެއެވެ. މިއީ ދޮންކޭލާއި ކައްޓަލައިން ލިބޭވަރަށް ވުރެ ދެގުނަ އިތުރު މިންވަރެކެވެ. ޕޮޓޭސިއަމް އަކީ ހަށިގަނޑުގައި ހުންނަ މަސްތަކަށް އޭގެ ދައުރު އަދާ ކުރުމަށާއި ހިތުގެ ދުޅަހެޔޮކަމަށް ބޭނުންވާ މާއްދާ އެކެވެ. އެހެންކަމުން މަސްގުޅަކެއުން ދުރުކުރުމަށް ސޭންޑްވިޗްގައި ބޭނުންކުރާ މެޔޮަނައިޒްގެ ބަދަލުގައި އެވަކާޑޯ ޚިޔާރު ކުރެވިދާނެއެވެ. ނުވަތަ ސަލަޑުގެ ތެރޭގައި އެވަކާޑޯ ފޮއްޗެއް ބޭނުންކުރެވިދާނެއެވެ. އެވަކާޑޯގައި ފެޓްގެ މާއްދާއެއް ވެސް ހުންންކަން ހަނދަނުގައި ބަހައްޓާށެވެ.

ބީންސް އާއި ލެންޓިލްސް:

ތޮޅި އަކީ އޭގައި މެގްނީޒިއަމް ހުންނަ ތަރުކާރީ އެކެވެ. ކައްކާފައި ހުންނަ ލެންޓީލްސް ޖޯޑެއްގައި 71 މިލިގްރާމް މެގްނީޒިއަމް ހުރެއެވެ. އަދި ބީންސް ޖޯޑެއްގައި 120 މިލިގްރާމް ހުރެއެވެ. އަދި ބީންސްގައި ފައިބަރ ހުރެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ޕީރިއަޑް ވުމުގެ ސަބަބުނ މަސްގުޅަ ކާނަމަ ފައިބަރ ހުންނަ ކާނާގެ ބާވަތްތައް ބޭނުން ކުރުމުން އެތަދަށް ލުޔެއް ލިބެއެވެ. އަދި ލޭގެ ހަކުރު ކޮންޓްރޯލް ކޮށް ކޮލެސްޓްރޯލް ގެ ނުރައްކާތެރި ވައްތަރު ދައްކޮށްދެއެވެ.

ކެކުރި:

ކެކުރީގެ ބާވަތްތަކަކީ އޭގައި ގިނަ އަދަދަކަށް ޕޮޓޭސިއަމް އައި އަދި އެކަށީގެންވާ މިންވަރަށް މެގްނީޒިއަމް އާއި ކެލްސިއަމް އަދި ކޮންމެވެސް ވަރަކަށް ސޯޑިއަމް އާއި ފެން ހުންނަ މޭވާ އެކެވެ. ސޯޑިއަމް އަކީ ހަށިގަނޑަށް މުހިއްމު މާއްދާ އެކެވެ. ނަމަވެސް ކަސްރަތު ކުރުމުން ހަށިގަނޑޫ ފައިބާ ދަލާއެކު މި މާއްދާ ހަށިގަނޑުން ބޭރުވެއެވެ. ނަތީޖާއެއްގެ ގޮތުން މަސްގުޅަކާން މެދުވެރިވެއެވެ. އެހެންކަމުން ކަސްރަތަށް ފަހު ކުދިކޮށް ކޮށާފައި ހުންނަ ކެކުރި ޖޯޑެއް ކެއުމުން ހަށިގަނޑުން މަދުވާ ސޯޑިއަމް ލިބޭނެއެވެ.

ކަރާ:

ކަރައެއްގެ 90 އިންސައްތަ އަކީ ފެނެވެ. ކަރާ ޖޯޑަކުން ހަށިގަނޑަށް ބޭނުންވާ ފެން ލިބޭނެއެވެ. ކަރާ އަކީ ވެސް ކެކުރީގެ ބާވަތެކެވެ. އެހެންކަމުން ކަރާގައި ވެސް އެހެން ކެކުރީގައި ހުންނަ މިންވަރަށް ނެތް ނަމަވެސް ކަރާގައި ކޮންމެވެސް ވަރަކަށް ޕޮޓޭސިއަމް ހުރެއެވެ.

ކިރު:

ކިރަކީ ކެލްސިއަމް އާއި ޕޮޓޭސިއަމް އަދި ސޯޑިއަމް ލިބޭ ގުދްރަތީ ވަސީލަތެކެވެ. އޭގެ އިތުރުން ކަަސްރަތު ކުރުމުން މަސްތަކުގައި ހުންނަ ޓިޝޫ އަށް ލިބޭ ގެއްލުން ރަނގަޅުވެއެވެ. އަދި ހަށިގަނޑަށް ފެން ވެސް ލިިއްބައިދެއެވެ. އެހެންކަމުން ކިރަކީ ވެސް މަސްގުޅަކެއުން ހުއްޓުވުމަށް އެހިތެރިވެދޭ މާއްދާތައް ހިމެނޭ ބުއިމެކެވެ.

ފެހިފަތް:

ފެހި ފަތުގައި ކެލްސިއަމް އާއި މެގްނީޒިއަމް ގިނަ އަދަދަކަށް ހުރެއެވެ. ސްޕިނޭޗް އާއި ބްރޮކޮލީ ފަދަ ފެހި ބާވަތްތައް ކެއުމުގައި ހިމެނުމުން މަސްގުޅަކެއުމުން ދުރުކޮށްދެއެވެ. އަދި ފެހި ފަތަކީ ޕީރިއަޑް ވުމުގެ ސަބަބުން އުފެދޭ ތަދު ލުއިކޮށްދީ މަސްގުޅަކެއުން ވެސް ހުއްޓުވައިދެއެވެ.

އޮރެންޖް ޖޫސް: 

އޮރެންޖް ޖޫހުގެ އެއް ޖޯޑުގައި ގިނަ އަދަދަކަށް ފެން ހުރެއެވެ. އެހެންކަމުން ހަށިގަނޑު ޑީހައިޑްރޭޓް ވިޔަނުދީ ހިފެހެއްޓުމަށް އޮރެންޖު ޖޫހަކީ ރަނގަޅު ބުއިމެކެވެ. އޮރެންޖް ޖޫސް ޖޯޑެއްގައި 500 މިލިގްރާމް ޕޮޓޭސިއަމް ހުރެއެވެ. އަދި 27 މިލިގްރާމް ކެލްސިއަމް އާއި މެގްނީޒިއަމް ހުންނާނެއެވެ.

އެކި ކަހަލަ ނަޓްސް އާއި އޮށް:

ބީންސް އެކޭ އެއްފަދައިން ނަޓްސް އާއި އޮށަކީ މެގްނީޒިއަމް ލިބޭ ވަސީލަތެކެވެ، ޓޯސްޓްކޮށްފއަި ހުންނަ ސަންފްލާވަރ އޮށުގެ އައުންސެއްގައި 37 މިލިގްރާމް މެގްނީޒިއަމް ހުރެއެވެ. އަދި ރޯސްޓް ކޮށްފައި ހުންނަ އާމަންޑްގައި އޭގެ ދެގުނައަށް މެގްނީޒިއަމް ހުރެއެވެ. ކެލްސިއަމް އާއި މެގްނީޒިއަމް އަކި ގިނަ ބާވަތްތަކުގެ އޮށާއި ނަޓްސް އިން ލިބޭ މާއްދާތަކެވެ.

ޓޮމާޓޯ އާއި ޓޮމާޓޯ ޖޫސް:

ޓޯމާޓޯ ގައި ހުންނަ ފެނާއި ޕޮޓޭސިއަމްގެ މިންވަރު ވަރަށް ބޮޑެވެ. 1 ޖޯޑު ޓޮމާޓޯ ޖޫހުގައި ދުވާލަކަށް އިންސާނަކަށް ބޭނުންވާ ޕޮޓޭސިއަމްގެ 15 އިންސައްތަ ހުރެއެވެ. އަދި ހަމައެއާއެކު ޓޮމާޓޯގައި ހުންނަ ފެނުން ހަާިގަނޑޫން މަދުވާ ފެން އިއާދަ ކުރެވެއެވެ.

ފެން:

އިންސާނަގެ ހަށިގަނޑަށް ގިަނ އަދަދެއްގެ ފެން ބޭނުންވެއެވެ. އެގޮތުން އަންހެނަކަށޤ ދުވާލަކަށް 11.5 ޖޯޑު އަދި ފިރހެނަކަށް ދުވާލަކަށް 15.5 ޖޯޑު ފެން ބޭނުންވެއެވެ. މި މިންވަރަށް ކޮންމެހެން އަދަދު ހަމަ ކުރާން މިނެގެން ފެން ބޯކަށް ނުޖެހެއެވެ. އެހެނިހެން ބުއިމާއި ތަރުކާރީ އާއި މޭވާއިން އިންވެސް ހަށިގނަޑަށް ބޭނުންވާ ފެން ލިބެއެވެ.

މައުލޫމާތު: ވެބްއެމްޑީ

          

 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.