
އިބްރާހީމް މުޙައްމަދް ޞާލިޙް އާއި އެމަނިކުފާނުެގ ނައިބު ފައިސަލް ނަސީމު ހުވައި ކުރެއްވުމުގެ ރަސްމިއްޔަތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދަރް މޯދީ އިންޑިއާ އިން ފުރައިވަޑައިގެންފިއެވެ. މޯދީ ފުރައިވަޑައިގެންނެވީ މީގެ އިރުކޮޅެއް ކުރީން ކަމަށް އިންޑިއާގެ މީޑިއާއިން ރިޕޯޓުކުރެއެވެ.
ހުވައި ކުރުމުގެ ރަސްމިއްޔާތަށް ފަހު މިއަދު އެނބުރި ގައުމަށް ވަޑައިގަންނަވާނެއެވެ،
އިބްރާހީމް މުޙައްމަދް ޞާލިޙް ހުވައި ކުރެއްވުމުގެ ތާރީޚީ ރަސްމިއްޔާތުގަިއ ބައިވެރިވެ ވަޑައިގަންނަވާން މިއަދު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ މޯދީ ވަނީ އިއްޔެ ޓުވީޓު ކުރައްވާފައެވެ. ތަރައްގީގެ އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވަނެ ކަމަށްވެސް އެމަނކުފާނުގެ ޓުވިޓުގަިއ ވިދާޅުވެފައިވެއެވެ. އެގޮތުން ވަކީން ޚާއްޞަކޮށް އިންސާނީ ވަސީލަތް ބިނާކުރުމާއި ޢުމްރާނީ ތަރައްގީ އާއި ސިއްހީ ދާއިރާއިން އެހީތެިރކަން ފޮރުކޮށްދެއްވާެނެ ކަމަށް ވިދާޅުވެފައި ވެއެވެ.
މޯދީ އަކީ މިއަދުގެ ރަސްމިއްޔާތުގައި ގައުމެއްގެ އިސްވެރިއެއގެ ހައިސިއްޔަތުން ބަިއވެރިވެޑައިގަންނަވާ ހަމައެކަނި ފަރާތެވެ.
PM @narendramodi leaves for Maldives to attend swearing in ceremony of new President #IbrahimMohamedSolih pic.twitter.com/oeAwTJXaQu
— DD News (@DDNewslive) November 17, 2018