ޓުވިޓަރގެ ސާޗް ޓެބް އަދާހަމަކޮށް އާއްމުކޮށްފިއެވެ. މި އަދާހަމަ އަކީ ޓުވިޓަރ ގެ ސާޗް ޓެބަށް ގެނެވުނު އަދާހަމައެކެވެ. މި އަދާހަމަ އަދި ލިބޭނީ އައިއޯއެސް އިން ޓުވިޓަރ ބޭނުންކުރާ ޓުވިޓަރުންނަށެވެ.
މީގެ ކުރީން އައިއޯއެސް އެޕުން ޓުވިޓަރުންނަށް އެއިރަކު ޓްރެންޑްވާ މައުޟޫއުތަކުގެ ލިސްޓެއް ފެންނަނީ މަތިން ތިރިއަށް ސްކްރޯލްކޮށްގެންނެވެ. ނަމަވެސް މިއަދުން ފެށިގެން މަގްބޫލު ޓުވީޓުތަކާއި ޚަބަރާއި އެހެނިހެން ގިންތި ފެންނަ ގޮތަށް ވާތުން ކަނާތަށް ޓެބްތަކެއް ވަނީ އިތުރުކޮށްފައެވެ.
މިސާލަކަށް 'ފޯރ ޔޫ' (ތިބާ އަށް) މި ސެކްޝަންގައި ހިމަނާފައި ހުންނާނީ އެޓުވިޓަރަކަށް އެންމެ މުހިއްމުވާނެ ކަމަށް ޓުވިޓަރ އަށް ފެންނަ ޓުވީޓުތަކެވެ. އޭގެ އިތުރުން ޚަބަރު، ކުޅިވަރު، ހެއްވާ، މުނިފޫހިފިލުވުން އަދި އިތުރު ބައިތަކެއް ވަނީ ހިމަނާފައެވެ.
އައިއޯއެސް އެޕްގެ އިންޓަރފޭސް އަށް މިއަދު މިބަދަލު ގެނައި ނަމަވެސް މި އަދާހަމަ އަދި ލިބޭނީ ހަމައެކަނި އެމެރިކާގައި ދިރިއުޅޭ ޓުވިޓަރުންނަށެވެ.
? just got an upgrade. We added sections so it’s easier for you to see the Tweets you care about the most, starting today in the US. pic.twitter.com/BuZA9CvgGk
— Twitter (@Twitter) November 14, 2018