ޓުވިޓަރ އިން ގޮތް ނޭނގޭ ނޯޓިފިކޭޝަން ތަކެއް ފޮނުވަނީ

ޓުވިޓަރ އިން ގޮތް ނޭންގޭ ނޯޓިފިކޭޝަންތަކެއް އެ ޕްލެްޓްފޯމް ބޭނުންކުރާ ގިނަބަޔަކަށް ފޮނުވަމުން އެބަދެއެވެ. މި ނޯޓިފިކޭޝަން ލިބެނީ ހޯމް ސްކްރީނަށް ނުވަތަ އެޕް ހުޅުވާފައި ހުރިނަމަ އެޕްގެ ތިރިއަށެވެ. މި ނޯޓިފިކޭޝަންވެސް ލިބެމުންދަނީ ކުރީންވެސް ނޯޓިފިކޭޝަން ލިބޭ ގޮތަށް ނޫކުލައިގައެވެ. ނަމަވެސް ލިބޭ މެސެޖަކީ އެއްވެސް މާނައެއް ނެތް ހޮޅި މެސެޖެކެވެ. މެސުޖުގައި ހިމެނެނި ނަންބަރުތަކާއި އަކުރުތަކެކެވެ. މި މެސެޖު ހުރިހާ ފަހަރަކު އެއްގޮތް ނަަމަވެސް ނިމިފައި ހުންނަނީ ނަމްބަރަކާއި ކޯލޮން |:| އަކަށެވެ.

ބައެއް ޔޫޒަރުންނަށް އެއްފަހަރާ ގިނަ ނޯޓިިފިކޭޝަންތަކެއް ލިބެމުންދާ ކަމަސް އެމީހުން ދަނީ ޓުވީޓު ކުރަމުންނެވެ.   ސައިޓަށް ބަލައިލާއިރު ގިނަބަޔަކު މި މައްސަލަ ރިޕޯޓު ކުރަމުން ދާކަން ފާހަގަ ކުރެވެއެވެ. ހީވާގޮތުން މިއީ ނޯޓިފިކޭޝަން ޖެނެރޭޓް ކުރަން ބޭނުންކުރާ ޓެކްނޮލޮޖީއަސް ދިމާވެގެން އުޅޭ މައްސަލައެއް ކަމަަށް ބައެއް ނޫސްތަކުގަިއ ރިޕޯޓުކޮށްފައިވެއެވެ. އެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ނަންބަރު ތަކަކީ ޕްރޮގްރާމިންގައި ބޭނުންކުރާ ކަހަލަ ހެކްސާޑެސިމަލް ސްޓްރިންގެކެވެ. މިއީ ޓުވިޓަރ ގެ ކޯޑަކަށް ވެދާނެ ކަމަށށް ބައެއް ޔޫޒަރުން ފަހަގަކުރެއެވެ. އަދި ބަގެއްގެ ސަބަބުން އެމެސެޖު އޮޅުންއަރައި ކިޔަން ނޭނގެނީ އެވެ.

ބައެއް ޔޫޒަރުންގެ ޓުވީޓުތަކަށް ބަލާއިރު ނޮޓިފިކޭޝަން ނުލިބިވެސް މި މެސެޖު އެމީހުންގެ ޑިވައިސް އަށް ލިބެއެވެ. މި މެސެޖު ނުވަތަ ނޯޓިފިކޭޝަން ލިބޭ ކަމަށް ރިޕޯޓުކޮށްފައިވަނީ އައިފޯން ބޭނުންކުރާ މީހުންނެވެ. 

މި ނޯޓިފިކޭޝަންތަކާ ގުޅިގެން އަދި ޓުވިޓަރ ސަޕޯޓުން ވަނީ ޓުވީޓުކޯށްފައެވެ. އެޓުވީޓުގަިއ ބެނުފައިވަނީ ނޯޓިފިކޭޝަންސް ލިބޭ އިރު އެފެންނަ ރަތްކުލައިގެ ބަބަްލް ކޯދު ނުވަތަ ނަންބަރު ގެ ގޮތުގައި އާއްމުގޮތެއްގައި ޔޫޒަރުންނަށް ނުފެންނާނެ ކަމަށެވެ. އަދި އެއީ ޓުވިޓަރ އިން ފޯނާ ވާހަކަ ދައްކާ ގޮތް ކަމަށެވެ. އަދި މިހާރު ދިމާވި މައްސަލަ ހައްލުކޮށްފައިވާ ކަމަށްވެސް މި ޓުވީޓުގައި ބުނެފައިވެއެވެ. 

މި ޚަބަރު މިވަނީ އަޕްޑޭޓް ކުރެވިފައި!

ބައެއް ޔޫޒަރުންގެ ޓުވީޓުތައް:  

https://twitter.com/IndiaWilloughby/status/1052242829357940736?s=20

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.