
ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ޖުޑީޝަލް ސީވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކަނޑައަޅާނެ މެމްބަރަކު ހޮވުމަށްޓަކައި 4 މެމްބަރެއްގެ ނަން އިދިކޮޅު ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕަށް ފޮނުވައިފިއެވެ.
އެބޭފުޅުންނަކީ ދިއްގަރު ދާއިރާގެ މެމްބަރު އަޙުމަދު ފާރިސް މައުމޫނާއި، މާފަންނު އުތުރުދާއިރޭގެ މެންބަރު އިމްތިޔާޒު ފަހުމީއާއި، ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިނާއި، ކެޔޮދޫދާއިރާގެ މެމްބަރު މޫސާ ނިޒާރެވެ.
މިބޭފުޅުންގެ ތެރެއިން އިދިކޮޅު ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުގެ ފަރާތުން މާދަމާ ބާއްވާ މަޖިލީސްގެ ޖަލްސާއަށް ހުށަހަޅުއްވާނެ ބޭފުޅެއްގެ ނަން މާދަމާ ކަނޑައަޅުއްވާނެއެވެ.
މަޖިލީހުން ޖޭއެސްސީއަށް މެމްބަރަކު ކަނޑައަޅުއްވަން ޖެހިވަޑައިގެންނެވީ ކުރިން އެމަޤާމު ފުރުއްވަމުން ގެންދެވި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާގެ އިތުބާރުނެތް ކަމުގެ ވޯޓެއް ނަގައި މަޤާމުން ދުރު ކުރެއްވުމުންނެވެ.
މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާގައި އެ ޖާގައަށް މެމްބަރަކު އައްޔަން ކުރައްވާނެއެވެ.