
މިސްކުތުގެ ސަހަރުގެ ނަމުން މަޝްހޫރުވެފައިވާ އިރާޤުގެ ފައްލޫޖާއިން އައިއެސް ހަނގުރާމަވެރިން ފަހާލައިފިއެވެ.
އިރާޤާއި ސޫރިއާގެ މައްޗަށް އަތްގަދަކުރަމުން އަންނަ ހައްދުފަހަނަ އަޅާފައިވާ އައިއެސް ޖަމާއަތުގެ މައްޗަށް އިރާގު ސިފައިން ކުރިއެރުންތަކެއް ހޯދާފައިވަނީ ފައްލޫޖާގައި ފާއިތުވީ ދެތިން ދުވަހު ހިންގި ހަމަލާ ބަދަލުކުރުންތަކަކަށްފަހުއެވެ.
އިރާޤު ސިފައިންގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލޫޖާއަކީ 300،000 މީހުންގެ އާބާދީއެއް އޮންނަ އަވަށެކެވެ. އަދި ފައްލޫޖާ މަޝްހޫރުވެފައިވަނީ "މިސްކިތުގެ ޝަހަރުގެ" ނަމުންނެވެ. ސަބަބަކީ އެ ސަހަރަކީ 200 އަށްވުރެ ގިނަ މިސްކިތުގެ މައްޗަށް އެކުލެވިގެންވާ ސަހަރަކަށްވާތީއެވެ.
ބަޣުދާދާއި 48 ކިލޯ މީޓަރު ދުރުގައި އޮންނަ ފައްލޫޖާގެ ރަށްބޭރުގައިވެސް އިރާގު ސިފައިންގެ ބަރު ހަތިޔާރުއެޅި އުޅަނދުތައް ހަރަކާތްތެރިވަމުން ދާކަމަށް ބީބީސީގައި ރިޕޯޓުކޮށްފައިވެއެވެ.
ނަމަވެސް ފައްލޫޖާގެ ބޮޑުބައެއް އިރާގު ސިފައިންގެ ބާރުގެ ދަށަށް ދިޔަފަހުންވެސް އައިއެސްގެ ހަނގުރާމަވެރިންވަނީ، ޖާނުން ފިދާވުމުގެ ހަމަލާއެއްދީ އިރާޤު ސިފައިންގެ ބަޔަކު މަރައިލާފައެވެ. ވައިގެ މަގުންވެސް އައިސްގެ ހަނގުރާމަވެރިންނަށް އިރާގު ސިފައިން ހަމަލާ ދީފައިވާކަމަށް ބީބީސީން ރިޕޯޓު ކުރެއެވެ.
އީރާނުގެ ޝިޔައީންގެ އަސްކަރީ އެހީތެރިކަމާއެކު އިރާޤު ސިފައިންވަނީ މީގެ ކުރިން ކަރުމާ ކިޔާ ސިޓީއަކުންވެސް އައިއެސް ހަނގުރާމަވެރިން ފައްސާލައިފައެވެ. އެހެން ނަމަވެސް ކުރިން ފަތުރުވެރިންގެވެސް ހިތްގައިމު މަންޒިލެއްކަމުގައިވާ ކަރުމާ ސިޓީ މިހާރު ވަނީ މުޅިން ފަޅުތަނަކަށް ބަދަލުވެގެން ގޮސްފައެވެ.