
ށ. މާއުނގޫދޫ ފާރުތަކުގައި ޝަހާދަތް ލިޔެ އައިއެސްގެ ލޯގޯ ކުރަހާފައިވާތީ އެކަންހިނގާފައިވާ ގޮތެއް ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއވެ.
ފުލުހުން މިހެންވިދާޅުވީ އައިސްއެސް ދިދަޖެހި ދޯންޏެއް ރޭ އެރަށަށް ދިޔަކަމަށް އަޑު ފެތުރިފައިވަނިކޮށް އެކަމާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވަމުންނެވެ. ފުލުހުން ވިދާޅުވެފައިވަނީ އައިސްއެސްގެ ދިދަޖަހައިގެން އެއްވެސް ދޯންޏަކުން އެރަށަށް ދިޔަކަމުގެ މަޢުލޫމާތެއް ލިބިފައި ނުވާކަމަށެވެ.
"ނަމަވެސް މަގޫދޫ އެކިފާރުތަކުގައި ޝަހާދަތް ލިޔެ (އައިސްއެސްގެ ލޯގޯއާ އެއްގޮތަށް ހުރިކަމަށް ބެލެވޭ) ސްޕްރޭ ކޮށްފައިވާ ކަމުގެ މަޢުލޫމާތެއް ފުލުހުންނަށް ލިބިފައިވާތީ އެކަން ހިނގާފައިވާ ގޮތެއް ބެލުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން،" ފުލުހުންގެ މީޑިއާއިން ވިދާޅުވިއެވެ.
ރޭ މަޢުލޫމާތު ލިބުނު ގޮތުގައި އައިއެސްދިދަ ޖަހައިގެން އެރަށަށް ދިޔައީ ހުއިފިލަނޑާގެ މަސްވެރިކަމުގެ އުޅުނު ބައެކެވެ. އެމީހުން ބޭނުންވީ އެއީ އައިއެސްއަށް ވާގިދޭ އެމީހުންނަށް ތާއީދުކުރާ ބައެއް ކަން ހާމަކުރުން ކަމަށްވެސް އެރަށުން މަޢުލޫމާތު ދިނެވެ.