ސީޕީ އަރީފު ކުރީގެ ސީޕީ އާދަމްޒާހިރާ ބައްދަލުކުރައްވައިފި

ޜިޓަޔަރޑް ކޮމިޝަނަރ އޮފް ޕޮލިސް އާދަމް ޒާހިރު އާއި މިހާރުގެ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް ބައްދަލު ކުރެއްވުން، ފޮޓޯ ޕޮލިސް މީޑިއާ
ޜިޓަޔަރޑް ކޮމިޝަނަރ އޮފް ޕޮލިސް އާދަމް ޒާހިރު އާއި މިހާރުގެ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް ބައްދަލު ކުރެއްވުން، ފޮޓޯ ޕޮލިސް މީޑިއާ
ޜިޓަޔަރޑް ކޮމިޝަނަރ އޮފް ޕޮލިސް އާދަމް ޒާހިރު އާއި މިހާރުގެ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް ބައްދަލު ކުރެއްވުން، ފޮޓޯ ޕޮލިސް މީޑިއާ

ރިޓަޔަރޑް ކޮމިޝަނަރ އޮފް ޕޮލިސް އާދަމްޒާހިރު އާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް ބައްދަލު ކުރައްވައި ފުލުހުންގެ މުއައްސަސާގެ ހިންގުން ހަރުދަނާ ކުރުމުގައި އާދަމް ޒާހިރުގެ ފަންނީ އެހީތެރިކަން ހޯއްދެވުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފުގެ ޚާއްޞަ ދަޢުވަތަކަށް، ރިޓަޔަރަޑް ކޮމިޝަނަރ އޮފް ޕޮލިސް އާދަމް ޒާހިރު ފުލުހުންގެ މައި އިދާރާ ޝަހީދު ޙުސައިން އާދަމް ބިލްޑިންގ އަށް ވަޑައިގެން މިހާރުގެ ކޮމިޝަނަރ އޮފް ޕޮލިސް އާއެކު މަޝްވަރާ ކުރައްވާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

މި ޚާއްޞަ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް ދެއްކެވި ވާހަކަފުޅުގައި ފުލުހުންނާ ސިފައިންގެ ޚިދުމަތް ވަކިވެ، ފުލުހުންގެ ޚިދުމަތް ވަކި ޚިދުމަތެއްގެ ގޮތުގައިވި މުހިއްމު ދަނޑިވަޅުގައި މުޅި މުއައްސަސާގެ ހިންގުން ހަރުދަނާ ކުރައްވައި މުހިއްމު ބަދަލުތަކެއް އާދަމް ޒާހިރު ގެންނެވި ކަމަށް ވިދާޅުވިއެވެ. އޭރު އާދަމް ޒާހިރުގެ މޭސްތިރިކަމުން ގެނެސްދެއްވި ބަދަލަކީ ވަރަށް މުހިއްމު އަދި އެހާމެ ހަރުދަނާ ބަދަލުތަކެއް ކަމަށާއި މިއަދުވެސް ފުލުހުންގެ މުއައްސަސާގެ ހިންގުން ހަރުދަނާ ކުރުމުގައި އެފަދަ ރޭވުންތެރިކަމާއި ޙިކުމަތްތެރިކަން ފުލުހުންގެ މުއައްސަސާއަށް ބޭނުންވާ ކަމުގައިވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ. އަދި މިހާރު ފުލުހުންގެ މުއައްސަސާއަށް ގެންނަމުންދާ ހެޔޮ ބަދަލުތަކަށް ފަންނީ އެހީތެރިކަން ދެއްވައި ޚިދުމަތް ދެއްވުމަށް ރިޓަޔަރޑް ކޮމިޝަނަރ އޮފް ޕޮލިސް އާދަމް ޒާހިރުގެ ކިބައިން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް އެދިވަޑައިގަތެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރިޓަޔަރޑް ކޮމިޝަނަރ އޮފް ޕޮލިސް އާދަމް ޒާހިރު ވިދާޅުވީ ފުލުހުންގެ މުއައްސަސާގެ ކުރިއެރުމަށް އަދި މުއައްސަސާގެ ހިންގުން ހަރުދަނާ ކުރުމަށް ކުރެވޭ ކޮންމެ މަސައްކަތެއްގައި އެމަނިކުފާނުގެ ލަޔާޤަތާއި ޤާބިލިއްޔަތު ތަންދިން އެންމެ ފުޅާ މިންވަރެއްގައި މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. އަދި އެފަދަ އެދުމަކަށް އަބަދުވެސް މަރުޙަބާ ވިދާޅުވާނެ ކަމަށާއި ވަގުތު ވެވަޑައިގެންނެވި ވަރަކުން އެދިވަޑައިގަތް ކޮންމެ ކަމެއްގައިވެސް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ތައްޔާރަށް ހުންނެވިކަމަށްވެސް އާދަމް ޒާހިރު ވިދާޅުވިއެވެ.

މިބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޖަމްޝީދު ބައިވެރިވެވަޑައިގަތެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.