'ކެދަރްނާތް' ގެ ޓީޒަރ ނެރެފި

ސުޝާންތް ސިންގހް ރާޖްޕުތް އާއި ސާރާ އަލީ ޚާންގެ ފިލްމް 'ކެދަރްނާތް' އަކީ ގިނަ މައްސަލަތަކެއް ކުރިމަތިވި ފިލްމެކެވެ. ފިލްމުގެ ޝޫޓިން ނިމި އަޅުވާނެ ތާރީޚު އެކިފަހަރު މަތީން ކަނޑައެޅި ނަަމަވެސް ފިލްމު އެޅުވޭގޮތްވަނީ ނުވެފައެވެ. ނަމަވެސް މިހާރު ފިލްމު އަޅުވާނެ ތާރީޚް ކަނޑައަޅައި ފިލްމުގެ ޓީޒަރ މިއަދު ވަނީ ނެރެފައެވެ. 

ކެދަރްނާތް އަކީ އަބީޝެކް ކަޕޫރް ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ. ފިލްމަށް ކުރިމަތިވި ގިނަ މައްސަލަތަކަށް ފަހު ފިލްމު އަޅުވާނެ ކަމަށް މިހާރު އިއުލާން ކޮށްފައިވާ ތާރީޚަކީ ޑިސެންބަރު މަހުގެ 7ވަނަ ދުވަހެވެ. މިގެ ކުރީން ސާރާގެ ފުރަތަމަ ފިލްމަކަށްވަނީ ރަންވީރް ސިންގހް އާއެކު ކުޅޭ ފިލްމު 'ސިމްބާ' ކަމުގައި ބެލިފައިވީ ނަަމަވެސް، ޑިސެންބަރު 7ގައި ފިލްމު އަޅުވައިފިނަމަ މި ފިލްމު ވާނީ ސާރާ އަލީ ޚާންގެ ފުރަތަމަ ފިލްމަށެވެ.

'ކެދަރްނާތް' ގައި ސުޝާންތް ކުޅެނީ މުސްލިމް ޓުއަރ ގައިޑެއްގެ ރޯލެވެ. ސާރާ އަކީ ހިންދޫ ޓުއަރިސްޓެކެވެ. މިއީ މި ދެމީޙުންގެ މެދުގައި ހިންގާ ލޯބީގެ ގުޅުމުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. 

ސާރާ އަލީ ޚާން އަކީ ސައިފް އަލީ ޚާންގެ ދޮށީ ދަރިފުޅެވެ.

ޓީޒަރ: 

 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.