ޔަމަނާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ރާއްޖޭގެސްކޮޑު އިއުލާންކޮށްފި

IMG_4110

އޭޝިއަން ކަޕް 2019ގެ ކޮލިފައިންގެ ޕްލޭ އޯފް ބުރުގައި ރާއްޖޭގެ ޤައުމީ ފުޓްބޯޅަޓީމު ޔަމަނާ ދެކޮޅަށް ކުޅޭ މެޗުގައި ކުޅޭނެ ކުޅުންތެރިންގެ ސްކޮޑު ޢިއުލާންކޮށްފިއެވެ.

މިމެޗު އޮންނާނީ އަންނަ މަހުގެ ދެވަނަ ދުވަހު މާލޭގެ ޤައުމީ ފުޓްބޯޅަ ދަނޑުގައެވެ. މިފަހަރުގެ ސްކޮޅުގައި ޒުވާން ގިނަ ކުޅުންތެރިންނަށް ވަނީ ފުރުސަތުދީފައެވެ.

ގައުމީ ޓީމުގެ އާ ސްކޮޑު:

އަލީ އަޝްފާގު (ދަގަނޑޭ) – މިވަގުތު އެއްވެސް ކްލަބަކަށް ނުކުޅޭ.

މާޒިޔާ :

އިމްރާން މުހައްމަދު

ސަމޫހު އަލީ (ސަމުއްޓޭ)

އަމްދާން އަލީ (އެންޑީ)

ސަމްދޫހު މުހައްމަދު

އަސްހަދު އަލީ (އަޑުބަރޭ)

އަހްމަދު ނާޝީދު (ނައްޓޭ)

އަހްމަދު އިމާޒް (އާއްކޮ)

ޔަސްފާދު ހަބީބު

އިސްމާއިލް އީސާ (މެސީ)

މުހައްމަދު އުމައިރު

އަސަދުﷲ އަބްދުﷲ

 

ވެލެންސިއާ :

ފައިސަލް މުހައްމަދު

ޝާފިއު އަހްމަދު

ހިސާމް ސަލީމް

އަހްމަދު ވިޝާމް (ޖެރާޑް)

 

ޓީސީ:

އަބްދުﷲ ފަޔާޒް

އަހްމަދު އަބްދުﷲ (ލިލީ)

އަލީ ފާސިރު (ސެންޓޭ)

ހަސަން ނާއިޒް (ދާދު)

 

ނިއު ރޭޑިއަންޓް:

މުހައްމަދު ރަޝީދު (ހޮކޭ)

ހަމްޒާ މުހައްމަދު (ހަމްޕު)

 

އީގަލްސް :

އިމްރާން ނަޝީދު

 

ޔުނައިޓެޑް ވިކްޓަރީ :

އަހްމަދު ޒާދު

 

ދެލެގް ކުޅުންމަށް ހަމަޖެހިފައިވާ މިމެޗަށް ނެގި ސްކޮޑުގައި، އަލީއަޝްފާޤު (ދަގަނޑޭ) ހިމަނާފައިވާ އިރު، އޭނާ މިވަގުތު ހުރީ އަނިޔާގެ ސަބަބުން ނުކުޅޭވޭ ޙާލަތެއްގައެވެ. ދަނަގަޑޭގެ ރަސްމީ ފޭސްބުކް ޕޭޖުގައި އޭނާ ހާމަކޮށްފައިވަނީ އަނިޔާގެ ސަބަބުން ގިނަދުވަސްތަކެއްވަންދެން ކުޅުމާ ދުރުގައި ހުންނަންޖެހޭކަމަށެވެ. އެހެންކަމުން އޭނާ އެންމެފަހުން ކުޅުނު މެލޭޝިއާގެ ޕޮލިސް ޑި ރާޖާ މެލޭޝިއާ (ޕީޑީއާރްއެމް) އާއެކު ހަދާފައިވާ އެއްބަސްވުން ވެސް މިހާރު އުވާލައިފައިވާކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.