ސުޕްރީމް ކޯޓުން އިންސާފު ލިބިދާނެކަމަށް ދުށުމަކީ ވެސް އެތަނަށް ހައްގުވާ ވަރަށް ވުރެ ބޮޑު ގަދަރެއް ދިނުން ކަމަށް ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޒާ ދިޔާނާ ސަޢީދު ވިދާޅުވެއްޖެއެވެ. ރިޔާސީ އިންޠިޚާބު ބާޠިލު ކުރެއްވުމަށް ރައީސް ޢަބްދުﷲ ޔާމީން ގެ ފަރާތުން ސުޕްރީމަށް ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް މިއަދަށް ތާވަލު ކުރުމުން މިއަދަކީ އިންސާފު ލިބެނެ ދުވަހެއްކަމަށް ބުނެ ބައެއް މީހުން ދަނީ ޓުވިޓު ކުރަމުންނެވެ.
ދިޔާނާގެ ޓުވީޓަކީ ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި މައްސަލައަކަށް ވާއިރު އެފަދަ މައްސަލައެއް ރައީސް ޔާމީން ބޭނުންފުޅުވާ ގޮތަށް ސުޕްރީމް ކޯޓުން ނިންމަފާނެ ތޯ ދިޔާނާ އާއި ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ. ދިޔާނާގެ ޓުވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ 12 މެންބަރުންގެ މައްސަލައަށް އެކަނި ބަލާއިރުވެސ 21017ވަނަ އަހަރުގެ ޖުލައި މަހުގެ 17 އާއި، 2018ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1ވަނަ ދުވަހާއި، 2018ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 18ވަނަ ދުވަހާއި 2018ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 8ވަނަ ދުވަހުގައި އެއް ކަމެއްގައި ތަފާތު އެތައް ނިންމުމެއް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވެއެވެ.
ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޒު ޙުސްނުއްސުޢޫދު ވަނީ ޙުކުމް އަންނާނެ ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތް ޓުވީޓު ކުރައްވާފައެވެ. އެއީ އިންޠިކާބު ބާޠިލު ނުކުރާން ނިންމުމާއެކު ރިޔާސި އިންޠިޚާބު އޮޅުވާލި ކަމަށް ބުނާ މައްސަލައިގެ ޖިނާއީ ތަޙުގީގެއް ހިންގުމުގެ އަމުރެއް ނެރުމުވެ.
މަޝްހޫރް ގާނޫނީ ވަކީލު އަލްއުސްތާޒް މައުމޫން ޙަމީދު ވަނީ އެމަނިކުފާނުގެ ޚިޔާލުވެސް ޓުވިޓަރ ގައި ހިއްސާކުރައްވާފައެވެ. މައުމޫން ޙަމީދުގެ ޓުވީޓުގައި ވިދާޅުވެފައިވަނީ މިއީ ވަރަށް ބަލިކަށި އަސާސެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ މައްސަލައެކެވެ. މި މައްސަލައަށް އޮތް އެންމެ އެކަށޭނެ ނިންމުމަކަށް ވާނީ މި މައްސަލައަކީ ސުޕްރީމް ކޯޓަށް ވުރެ ދަށު ކޯޓަކުން ވެސް ބަލައިގަންނަ ވަރަށްވުރެ ބަލިކަށި، ގާނޫނީ ބުރަދަނެއް ނެތް މައްސަލައެއްގެ ގޮތުގައި ނިންމުމެވެ. އަދި ރައްޔިތުންގެ ނިންމުން ދެމިއޮންނަން ޖެހޭނެކަމަށް މައުމޫން ވަނީ ވިދާޅުވެފައެވެ.
SC in insaafu libidhaanekamah dhushumakee ves ethanah hagguvaa minvarahvure bodu gadhareh dhinun.
12 MPs ge massalayah ekani balaairuves 13/07/2017 aai, 1/02/2018 aai, 18/02/2018 aai, 03/10/2018 aai adhi 08/10/2018 gai eh kameggai thafaathu ethah ninmumeh ninmaafavaathan feney. pic.twitter.com/0NcVhTusWb
— Dhiyana ??? (@dhiyanasaid) October 21, 2018
https://twitter.com/hsuood/status/1053874423059623936?s=20
Given its manifestly ill-founded basis, the only appropriate ruling would be that this "case" is entirely without legal merit, frivolous & vexatious, undeserving of consideration by any court, let alone the Supreme Court. The people's judgment must stand.https://t.co/iORZ3HLAS5 https://t.co/A7ujAhjWPS
— Maumoon Hameed (@maanhameed) October 21, 2018