ރައީސުލް މުމްހޫރިއްޔާެގެ ނައިބު ޢަބްދުﷲ ޖިހާދުގެ ނަމުގައި ހިންގާ ޓުވިޓަރ އެކައުންޓަކ ފޭކް އެކައުންޓެއް ކަމުގައި ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުޢާޒް ޢަލީ ވިދާޅުވެއްޖެއެވެ. މުޢާޒު މިހެން ވިދާޅުވީ ޢަބްދުﷲ ޖިހާދުގެ ނަމުގައި ހަދާފައިވާ ޓުވިޓަރ އެކައުންޓު (@AbdullaJihad) ން ރިޔާސީ އިނޠިޚާބުގެ ނަތީޖާ އާ ގުލޭގޮތުން ޓުވީޓު ކޮށްފައިވަނިކޮށެވެ. އެ ޓުވީޓުގައި ބުނެފައިވަނީ "ރާއްޖޭގައި ބޭއްވޭ އިންޠިޚާބު ތަކުގެ ނަތީޖާ ކޮންމެ ގޮތަކަށް އަައި ކަމުގައި ވީނަމަވެސް، އެވވެސް އުޒުރަކާ ނުލާ އެ ޤަބޫލުކުރުމަކީ ހަމަ ކޮންމެ ފަރުދެއްގެ ޒިއްމާ އެއް. އެދެނީ ގައުމަށް އަބަދުވެސް ފާގަތި މުސްތަގްބަލަކަށް" ކަމަށެވެ. ދިވެހި ބަހުން އިއްޔެ ކޮށްފައިވާ މި ޓުވީޓުގެ އިނގިރޭސި ތަރުޖަމާވެސް މިއަދު އެ އެކައުންޓުން ވަނީ ޓުވީޓު ކޮށްފައެވެ.
Regardless of the outcome of any election held in Maldives. It is the responsibility of every citizen to respect the result without any further excuses or objections. Wishing the nation a better tomorrow and a bright future.
— Abdulla Jihaadh (@AbdullaJihaadh) October 3, 2018
ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވީ ނައިބު ރައީސް ޓުވިޓަރ ބޭނުންފުޅު ނުކުރައްވާ ކަމަށެވެ.
"Raeesuljumhooriyyaa ge Naibu ge nanfulhu gai hingavaa twitter account @AbdullaJihaadh aky fake account eh kamaai, emanikufaanu twitter beynunfulhu nukuravvaa kan emmahai dhivehi lobuvethi rayyithunnah dhannavan Raeesuljumhooriyyaage Naibu vidhaalhuvi" -im
— ɪʙʀᴀʜɪᴍ ᴍᴜᴀᴢ ᴀʟɪ (@SpokespersonMV) October 3, 2018