ޕީޕީއެމް ހަލާކުކޮށްލަން ފެށި ދުވަހަށް ރުޖޫއަ ކުރާނަން

ޕީޕީއެމް ކުރީގެ ޙާލަތަށް އަދި ރުޖޫއާވާނެ ކަމަށް ޕީޕީއެމްގެ ކުރީގެ ރައީސް މައުމޫން އަބްދުލްގަތްޔޫމްގެ ފަޅީގައި ހުންނެވި ޕީޕީއެމްގެ ކުރީގެ ކައުސިލް މެމްބަރު އާމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.

އަންނަ ހުކުރު ދުވަހު ޕީޕީއެމްގެ ކުރިމަގު ބައްޓަން ކުރާ ކޮންގްރެސް ބާއްވަން އެޕާޓީން ތައްޔާރު ވަމުން އަންނައިރު ނާދިރާ މިއަދު ވިދާޅުވީ "ޕީޕީއެމް ހަލާކު ކުރުމަށް ފުރަތަމަ ފައިނެގި ދުވަހަށް ރުޖޫއަ ވާނަން" ކަމަށެވެ.

ނާދިރާ ތުހުމަތު ކުރެއްވި ގޮތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގަތްޔޫމް އާއި މައުމޫންގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު ފާރިޝް މައުމޫން މިނިވަން ކުރުމަށް އެދި ހައިކޯޓަށް މިހާރު ހުށަހަޅާފައި އޮތް މައްސަލަ ތާވަލު ނުކޮށް ލަސްކުރަމުން ދަނީވެސް ހުކުރު ދުވަހު ގައުމީ ޖަލްސާ ބާއްވާށެވެ.

ޕީޕީއެމުން ގައުމީ ޖަލްސާ ބާއްވާއިރު ކުރީގެ ރައީސް މައުމޫނާއެކު ތިއްބެވި ބަޔެއް ބޭފުޅުން ވިދާޅުވަމުން ދަނީ ޕީޕީއެމް އަދި ކުރިން އޮތްގޮތަށް އަތުލައްވާނެ ކަމަށާއި ގައުމީ ޖަލްސާ ބާއްވާނަމަ ކޯޓަށް ވަޑައިގަންނަވާނެ ކަމަށެވެ.

ޕީޕީއެމްގެ ރައީސް ކަމުން މައުމޫން ބޭރު ކުރެއްވި ހިސާބުން އެޕާޓީ ހިންގެވުމުގައި އެންމެ އިސްރޯލެއް އަދާކުރެއްވީ ރައީސް އަބްދުﷲ ޔާމީނެވެ. ޕީޕީއެމްގެ ކައުންސިލް މެޖޯރިޓީވެސް މިހާރު އޮތީ ރައީސް ޔާމީންގެ އަތްޕުޅުގައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.