އަލިފުށިން ގެއްލިގެން ހޯދަމުންދިޔަ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

Capture

ރ. އަލިފުށިން ގެއްލިގެން ހޯދަމުންދިޔަ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މަރުވެފައި އޮއްވައި ފެނިފައިވަނީ ރ. އަލިފުށި، ހުސްނޫވިލާ، ފަރުހާދު މުޙައްމަދު (37އ) އެވެ.

ފަރުހާދު މުޙައްމަދު ގެއްލިފައިވާ ކަމުގެ މައުލޫމާތު މިއަދު 13:30 ހާއިރު ފުލުހުންނަށް ރިޕޯޓް ކުރުމާއެކު އާންމު ރައްޔިތުންނާ ގުޅިގެން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، މިއަދު 14:20 ހާއިރު ފަރުހާދު މުޙައްމަދު ފެނިފައިވަނީ އެރަށު އިރުމަތީ ފަރާތު ގޮނޑުދޮށުގައި މަރުވެފައި އޮއްވައެވެ.

އެމީހާ ފެނިފައިވަނީ ހޯދުމުގެ މަސައްކަތްކުރަމުންދިޔަ އާންމުންގެ ބަޔަކަށެވެ.

ފުލުހުން ދަނީ އިތުރަށް މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.