
މިމަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި އެއްނަމްބަރު ކެންޑިޑޭޓަށް ވޯޓު ދެއްވުމަކީ ގައުމީ ވާޖިބެއް ކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ފުވައްލަކު ސިޓީގައި ޕީޕީއެމުން ބާއްވަމުން ގެންދަވާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ދެވަނަ ނަބްބަރުގައި ފާހަގަ ޖަހައިފި ކަމަށްވާނަމަ ރާއްޖެ ކުރިންއޮތް ހާލަތަށް ބަދަލުވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖޭގައި ބުދުބެހެއްޓިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.