
ސްވިޒަރލޭންޑްގެ ފަތުރުވެރިކަން ކުރިއެރުވުމަށް ސްރީ ދޭވީ ކޮށްފައިވާ މަސައްކަތުގެ އަގު ވަޒަންކޮށް އެކަމުގެ ޝަރަފުގައި އޭނާގެ ސްޓެޗޫ އެއް އެގައުމުގައި ބަހައްޓާ ގޮތަށް ނިންމައިފިއެވެ. މިކަން ނިންމާފައިވަނީ އެގައުމުގެ ޓުއަރިޒަމް ޕްރޮމޯޝަން ބޯޑުންނެވެ. ސްވިޒަރލޭންޑް ގެ ޕްރޮމޯޝަން ބޯޑާ ހަވާލާދީ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ސްރީ ދޭވީގެ ބްލޮކްބަސްޓަރ ފިލްމް 'ޗާނދްނީ" ގައި ހޮލިޑޭ ޑެސްޓީނޭޝަނެއްގެ ގޮތުގައި ސްވިޒަރލޭންޑް ޕރޮމޯޓްކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވެއެވެ. އަދި ފިލްމުގެ ސަބަބުން ގިނަ ފަތުރުވެރިންތަކެއް ސްވިޒަރލޭންޑަށް ދަތުރު ކުރިއެވެ.
ސްރީ ދޭވީގެ ދޮށީ ދަރިފުޅުވަނީ ރޭގެ ވަގުތެއްގައި ސްވިޒަރލޭންޑަށް ފުރާފައެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން ޖާންވީގެ ސްވިޒަރލޭންޑް ދަތުރަކީ އޭނާގެ މަންމަގެ ސްޓެޗޫ އިނޮގަރޭޓް ކުރުމަށް ކުރާ ދަތުރެކެވެ. ޖާންވީ އާ އެކު ސްރީ ދޭވީ ގާތް މީހެއް ކަމުގައިވާ މަޝްހޫރް ފެޝަން ޑިޒައިނަރު މަނީޝް މަލޯތްރާ ވެސް ވަނީ ރޭ ސްވިޒަރލޭންޑަށް ފުރާފައެވެ.
ސްރީ ދޭވީގެ ސްޓެޗޫ ވާނީ ސްވިޒަރލޭންޑްގައި ބެހެއްޓޭ ބޮލީވުޑްގެ ދެވަނަ ތަރީގެ ސްޓެޗޫ އަށެވެ.