
އައްޑޫ ސިޓީއަށާއި ފުވައްމުލަކު ސިޓީއަށް ރައީސް ޔާމީން މިއަދު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި މިއަދު ހުޅުމީދުއަށް ވަޑައިގެންފިއެވެ.
ހުޅުމީދޫއަށް ވަޑައިގެން އެރަށުގެ ނަރުދަމާ ނިޒާމުގެ ޚިދުމަތާއި، ފެނުގެ ޚިދުމަތް އެމަނިކުފާނު އިފްތިތާހުކޮށްދެއްވާނެއެވެ. އަދި އެ ދެރަށުގެ ހައުސިން ޔުނިޓްތައް ހުޅުއްވައިދެއްވުމާއި، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ހުޅުއްވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރަށް ހުޅުދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިދަތުރުފުޅުގައި ހިތަދޫއަށް ވަޑައިގެން އެރަށުގެ ނަރުދަމާގެ ޚިދުމަތް ފައްޓަވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި ހައުސިންގް ޔުނިޓްތަކާއި، ނޭޗަރ ޕާކާއި، ސޯލާ ހައިބްރިޑް ޕަވަރ ސިސްޓަމް ހުޅުއްވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި ފޭދޫ، މަރަދޫ، މަރަދޫފޭދޫގެ ފެނުގެ ޚިދުމަތް ފައްޓަވައިދެއްވުމަށާއި، ފޭދޫ ބިންހިއްކުމުގެ މަޝްރޫޢު ނިމުން ފާހަގަކޮށްދެއްވުމަށް ވެސް ވަނީ ހަމަޖެފައެވެ.
ރައީސް ހުޅުމީދުއަށް ވަޑައިގެންނެވުމުން އެރަށުން ވަނީ އެމަނިކުފާނަށް "ފިޔާތޮށި ކުލައިގެ މަރުހަބާއެއް" ދަންނަވައިފައެވެ.