އަމީތާބް ބައްޗަންގެ އަންހެން ދަރިފުޅު ޝްވެތާ ބައްޗަން ދަނީ ކްރިއޭޓިވް އިންޑަސްޓްރީގެ އެކި ދާއިރާތަކުން އޭނާގެ ހުނަރު ދައްކަމުންނެވެ. ދާދީ ފަހުން އޭނާވަނީ ދުވަސްވީ ރަހްމަތްތެރިޔާ، ޑިޒައިނަރު މަނީޝާ ޖަިއސިންގ އާއެކު އަންނައުނު ފިހާރައެއް ހުޅުވާފައެވެ. އިއްޔެ އޭނާގެ ސޯޝަލްމީޑިއާގައި ޝްވެތާ ވަނީ އޭނާގެ ފުރަތަމަ ފިކްޝަން، 'ޕެރެޑައިސް ޓަވަރސް' ގެ ކަވަރ ފޮޓޯ އާއްމުކޮށް ޕްރީ އޯޑާރ ކުރެވޭނެ ވަހަކަ ބުނެފައެވެ. ޝްވެތާގެ ފުރަތަމަ ފޮތް ޝާއިއުކުރަނީ ހަރޕަރޒް ކޮލިންސް އިންނެވެ.
My debut novel #ParadiseTowers is now available for preorder - nerves aplenty https://t.co/hCxqJYQWkZ @HarperCollinsIN @Books_at_Bahri @AanchalMalhotra @ShreyaPunj pic.twitter.com/RUxufTHnyH
— ShwetaBachchanNanda (@earth2angel) September 11, 2018
ޝްވެތާގެ ފޮތުގެ ބެކް ކަވަރގައި ކަރަން ޖޯހަރްގެ ރިވިއުއެއް ހިމަނާފައި ވެއެވެ. 'ޕެރެޑައިސް ޓަވަރސް' އަކީ މުމްބާއީގައި ހުރި އެޕާޓްމެންތް ކޮމްޕްލެކްސް އެއްގައި ދިރިއުޅޭ މީހުން ކިޔައިދޭ ވާހަކަތަކެކެވެ. ޝްވެތަގެ ބަހުން ނަމަ އެއްބަޔަކު އެވާހަކަތައް ކިޔައިދޭ އިރު އަނެއްބަޔަކު ބޭނުންވަނީ "ވަހަކަތައް ސިއްރުކުރާށެވެ." ފޮތުގެ ކަވަރގައި ފީޗަރ ކޮށްފައިވަނީ އެތަނުގައި ދިރިއުޅޭ މީހަކު ސެކިއުރިޓީ ގާޑަށް ފާރަލާ މަންޒަރާއި، ބެލްކަނީ އެއްގައި ވާހަކަ ދައްކަން ތިބޭ ދެ މީހަކާއި، އެއްޗެހި ދޮވެގެން ހިއްކަން އަޅަން އަޅަން ހުންނަ އަންހެނެކެވެ.
ހަރޕަރ ކޮލިންސް އިންޑިއާގެ އަސްމީ ޓްވިޓަރ ގައި ފޮތާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯ އެއް ޝެއަރކޮށްފައެވެ.