މި ފެންނަނީ ނުފަރިތަ ބަޔަކު ގައުމު ހިންގަން ހަވާލުވުމުން ވާގޮތް: ފައިސަލް

ރާއްޖެއިން މިހާރު ފެންނަމުންދަނީ ވަރަށް ނުފަރިތަބަޔަކު ގައުމު ހިންގަން ހަވާލުވެ ތިބިތަން ކަމަށާއި އޭގެ ސަބަބުން ކަންކަން ބޮޑު އަގުގައި ކުރަމުންދާ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ތ، މަޑިފުށްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ފައިސަލް ނަސީމް ވިދާޅުވީ އެބޭފުޅުންގެ ސަރުކާރެއްގައި އެފަދަގޮތަކަށް ކަންކަން ނުކުރައްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ގައުމު ހިންގާއިރު ވީހާ ވެސް ޚަރަދު ކުޑަގޮތަކަށް ކަންކަން ކުރަން ދަސްކުރަންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިއަދު މިފެންނަނީ ވަރަށް ނުފަރިތަ ބަޔަކު ގައުމު ހިންގަން ހަވާލުވުމުން އަސްލު އަގުގެ ދެތިންގުނަ ބޮޑުކޮށް ކަންތައްތައް ކުރަމުންދާތަން. އަދި އެގޮތަށް ކުރާއިރުވެސް އޭގައި ފެންވަރެއްނެތި އެކުރާކަމެއް އަބަދު ބޭކާރު ޚަރަދުކޮށްގެން ގެންދާތަން. އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ކަންކަން ކުރައްވާނީ ރަނގަޅަށް. އެ ކަމެއްގައި ބަހައްޓަންޖެހޭ ފެންވަރު އެ ކޮލިޓީ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ބަހައްޓާނަން،" ފައިސަލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހާރުވެސް ރައްޔިތުން ބޭނުންވާ ކަންކަން އެބޭފުޅުންނަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އެބޭފުޅުންގެ ސަރުކާރުގައި ރައްޔިތުންގެ މުހުތާދުތައް ފުއްދަވައި ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.