
ކެމްޕޭން ދަތުރުފުޅެއްގައި ތ. އަތޮޅަށް މިހާރު ވަޑައިގެން އުޅުއްވާ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ގެ ރަނިންމޭޓް ފައިސަލް ނަސީމް ތ. ކިނބިދުއަށް ވަޑައިގެންނެވުމުން އެރަށުން އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެމްޑީޕީއާއި ގުޅިފައިވާ ޕާޓީތަކަށް ސަޕޯޓުކުރާ ގިނަ އަދަދެއްގެ މީހުން ނުކުމެތިއްބެވެ. ގެ ރަނިންމޭޓް ފައިސަލް ނަސީމްގެ މިދަތުރުފުޅަކީ އިބޫއަށް ތާއީދު ހޯއްދެވުމަށް ތ. އަތޮޅުގެ 13 ރަށަކަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެކެވެ. އެމަނުކުފާނު މިއަދު ވަނީ ހިރިލަންދޫ، ކަނޑޫދޫ، އޮމަދޫ، ވޭމަންޑޫ، ވަންދޫ ފަދަ ރަށްރަށަށް ވަޑައިގެންފައެވެ.
ފައިސަލް ކިނބިދުއަށް ވަޑައިގެން އެރަށުގައި މިރޭ ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ ޖަލްސާއަށް ކިނބިދޫ ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. މިޖަލްސާގައި ފައިސަލާއެކު ޕާޓީތަކުގެ އިސްބައެއް ބޭފުޅުންނާއި މަޖިލީހުގެ ބައެއް މެމްނަރުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.