
ސުއި ދާގާ ގެ ފުރަތަމަ ލަވަ، 'ޗާވް ލާގަ' ނެރެފިއެވެ. މިލަވަ އަކީ މަމްތާ އާއި މައުޖީގެ (އަނުޝްކާ އާއި ވަރުން) ހަޔާތުގެ ބައިވެރީންގެ ގޮތުގައި ތިބެ ވިޔަފާރި ޕާޓްނަރުންނަށް ވާން ކުރި ދަތުރުގެ ވާހަކަ އެވެ.
ޗާވް ލާގަ، ސުއި ދާގާ:
މަނީޝް ޝަރްމާ ޑައިރެކްޓްކޮށްފައިވާ މި ލަވަ އަކީ ތެދުވެރި އިޚްލާޞްތެރިއެއްގެ ގޮތުގައި ހުރެ އަނބިމީހާގެ އެހީ އާ އެކު އޭނާގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ކުރި މަސައްކަތް ދައްކުވައިދޭ ލަވައެކެވެ. ދަތި އުނދަގޫތައް ގިރާކޮށް އޭނާ އިންޓަރނޭޝަނަލް މެގަޒިން އެއްގެ ކަވަރުން ޖާގަ ހޯދައި ދުނިޔޭގެ ސަމާލުކަމަށް އަންނަ ގޮތުގެ ވާހަކައެވެ.
މުޅި ފިލްމުން ދޭ މެސެޖަށް ބަލާއިރު ސުއި ދާގާ އިން ފޯރުކޮށްދޭ މެސެޖަކީ އިންޑިއާގެ އުފެއްދުންތައް "މޭޑް އިން އިންޑިއާ"، މި މެސެޖް ޕްރޮމޯޓް ކުރުމެވެ. އިހުގެ ފަންނުތައް ކުރިއަރުވައި ފަންނުވެރިކަން ކުރިއެރުވުމެވެ. ސުއި ދާގާ ގެ ޑައިރެކްޓަރަކީ ޝާރާތް ކަޓާރިޔާ އެވެ.