
އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދް ސާލިހް ކުރީގެ ރައީސް މުހައްމަދު ނަޝީދް އާއި ބައްދަލު ކުރައްވައިފިއެވެ. އެމަނިކުފާނު ރައީސް ނަޝީދް އާ ބައްދަލުކުރެއްވީ މިރޭ ސްރީ ލަންކާގައެވެ.
އިބްރާހީމް މުހައްމަދް ސާލިހް ސްރީލަންކާ އަށް ކުރައްވާ ދަތުރުފުޅަކީ އިއްތިހާދުގެ ފަރާތުން މާދަމާ ލަންކާގައި ބާއްވާ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ބައްދަލުވުމަކީ ސްރީލަންކާގައި ދިރިއުޅޭ ދިވަހިންނަށް ބާއްވާ ބައްދަލުވުމެކެވެ. އިބްރާހިމް މުހައްމަދް ސާލިހް އާއި އެކު ރައީސް ނަޝީދު ވެސް ލަންކާގައި ދިރިއުޅޭ ދިވެހިންނާ ބައްދަކުރައްވާނެއެވެ.