ހަވީރު ނޫހުގެ އިމާރާތުގައި އަލިފާނުގެ ހާދިސާ އެއް ހިނގާ، ގެއްލުންތަކެއް ވެއްޖެއެވެ.
އަލިފާނުގެ ހަދިސާ ހިނގާފައިވަނީ ހަވީރުގެ ރިސެޕްޝަން އޭރިޔާ ގައެވެ.
މި ހަދިސާ ގައި ރިސެޕްޝަންގައި ހުރި ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ އިރު އަލިފާންގަނޑު އިމާރާތަށް ފެތުރުމުގެ ކުރިން ވަނީ ނިއްވާލެވިފައެވެ.
މިހަދިސާ ހިނގި ވަގުތު ހަވީރުގެ އިދާރާގެ ފާރުމަތިން މީހަކު ފުންމާލައިގެން ދިއަކަމަށް މަންޒަރު ދުން މީހަކު ބައެއް މީޑިޔާ ތަކަށް ވަނީ މައުލޫމާތުދީފައެވެ.
އަދި އޭނާ ފިލާފައިވަނީ ދަބަހެއް އެއްލާލުމަށް ފަހު ކަމަށްވެސް މަންޒަރު ދުން މީހާ މައުލޫމާތުދެއެވެ.
މި ހާދިސާއާގުޅިގެން ފުލުހުން ބުނީ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބުން ފުލުހުން މިހާރު ތަހްގީގު ކުރަމުންދާ ކަމަށެވެ.
ހަވީރުގެ އިދާރާގައި އަލިފާނުގެ ހާދިސާ އެއް ހިނގާފައިވާއިރު މިމަހުގެ އަށާރަ ވަނަ ދުވަހު ކޯސްޓްލައިން ހާޑްވެޔަރގައި ހިނގާދިއަ އަލިފާނުގެ ހާދިސާ އާއި ގުޅިގެން ބޮޑެތި ގެއްލުންތަކެއް އެ ސަރަހައްދުގެ ގޭގެއަށް ވެސް ވަނީ ލިބިފައެވެ.
އަދި އޭގެ ފަހުން ކުދިކުދި އަލިފާނުގެ ޙާދިސާތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވަރަށް އަވަސްއަވަހަށް ހިނގަމުންދާކަން ފާހަގަކުރެވެއެވެ.