
ަގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ގަލޮޅުގައި ދޮރުންދޮރަށް ހިންގަވަން ފަށްޓަވައިފިއެވެ.
ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް ކެންޕޭން ކުރެއްވުމަށްޓަކައި އިބޫ މިއަދު ފެއްޓެވި މި ހަރަކާތަށް ގަލޮޅުގެ ގެތަކުން ބޮޑުތަރުހީބެއް ލިބެމުންދާ ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ. މިހަރަކާތުގައި އިބޫ ގެންދަވަނީ މީހުންނަށް ދިމާވެފައިވާ މައްސަލަތަކާއި މީހުންގެ ހާލުއަހުވާލު ބައްލަވައި ކެންޕޭން ކުރައްވަމުންނެވެ.
އެމަނިކުފާނު ވަނީ ވަރަށްފަހުން ކެންޕޭން ދަތުރެއްގައި ހދ.އަތޮޅުގެ 13 ރަށަކަށް ވެސް ވަޑައިގެންފައެވެ. އޭގެއިތުރަށް ތ.އަތޮޅަށް ވެސް ވަޑައިގެންނެވިއެވެ. އިބޫއާއި އެމަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމް ގެންދަވަނީ ދެބޭފުޅުން ވަކިވަކިން އެކިއަތޮޅުތަކުގެ އެކިރަށްރަށަށް ވަޑައިގެން ކެންޕޭން ކުރައްވަމުންނެވެ.