
މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކޮޕް އެކާވީސް ސަމިޓްގައި އެކުލަވާލައިފައިވާ ޕެރިސް އެގްރީމެންޓް ގައި ރާއްޖޭގެ ފަރާތުން ސޮއިކޮށްފިއެވެ.
މި އެގްރިމެންޓްގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޕެރިސް އެގްރީމެންޓް އޮން ކްލައިމެޓް ޗޭންޖް ގައި ސޮއިކުރެއްވުމަށް މިހާރު ނިއުޔޯކަށް ވަޑައިގެން އުޅުއްވާ އެންވާރަންމަންޓް މިނިސްޓަރ ތޯރިގް އިބްރާހިމެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުން ބައިވެރިވާ މިއެއްބަސްވުމުގައި ސަތޭކައެއްހާ ގައުމުން ސޮއިކުރުމަށް ހަމަޖެހިފައިވާއިރު، މި އެއްބަސްވުމުގައި ރާއްޖެއިން ސޮއި ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ ފާސްކޮށްފައެވެ. ރާއްޖެއަކީ މި އެއްބަސްވުން ތަސްދީގުކުރާ އެންމެ ފުރަތަމަ އެއް ގައުމުކަން ފާހަގަކޮށްލެވެއެވެ.