އަލިފާނާއި ކަޅުތެޔޮ ޖަހައިގެން ވޯޓު ލިބޭނެ ކަމަށް ހީނުކުރާތި: ޑރ. ޚަލީލް

އަލިފާނާއި ކަޅުތެޔޮ ޖަހައިގެން ގައުމު ހަލަބޮލިކޮށްގެން ވޯޓު ލިބޭނެ ކަމަށް ހީނުކުރުމަށް ޕީޕީއެމްގެ ސެކްރެޓަރީޖެނެރަލް ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ލ.ފޮނަދޫ ޖަގަހައަށް ރޭގެ ވަގުތެއްގައި ކަޅުތެޔޮ ޖެހުމުން އެކަމާގުޅިގެން ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވެފައިވަނީ "އަލިފާން ޖަހައިގެން ކަޅުތެޔޮ ޖަހައިގެން ގައުމުތެރެ ހަލަބޮލި ކޮށްގެން ވޯޓު ލިބޭނެ ކަމަށް ހީނުކުރާތި،" ކަމަށެވެ.

ލ.ފޮނަދޫ ޖަގަހައިގެ އިތުރަށް އދ. މާމިގިލީގައި ހުންނަ ޕީޕީއެމްގެ ޖަގަހައަށް ވެސް ވަނީ ގެއްލުންދީފައެވެ. އެތަނަށްވެސް ގެއްލުންދީ ކަޅުތެޔޮ ޖަހައިފައިވަނީ ރޭގެ ވަގުތެއްގައެވެ. އެރަށުގައި ދަމާފައިވާ ޕީޕީއެމްގެ ދިދަފަތިތައްވެސް ރޭ ވަނީ ކަނޑާލައިފައި ކަމަށް އަރުން ވާހަކަ ދެއްކި މީހަކުން ބުންޏެވެ.

މިކަންކަމުގެ ތުހުމަތު ޕީޕީއެމްގެ ސަޕޯޓަރުން ކުރަނީ އިދިކޮޅު ފަރާތްތަކަށް ތާއިދު ކުރާ މީހުންނަށެވެ.

ސެޕްޓެމްބަރ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ފޯރި މުޅިރާއްޖޭގައި މިހާރުވަނީ ގަދަވެފައެވެ. އިންތިޚާބުގެ ފޯރި ގަދަވުމާއެކު މިފަދަ އަމަލުތައް އިތުރުވެގެން ދިޔުމަކީ މާޒީން ވެސް ފެނިފައިވާ ކަމެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.