
ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ޓްރެނަރުން (ޓޮޓް) ތަމްރީންކުރުމަށް ބާއްވާ ތަމްރީން ޕްރޮގްރާމް މަދާމާ (ހޮނިހިރު ދުވަހު) ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީޓްރެއިނިން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 9:00 ގައި އިލެކްޝަން ސެންޓަރ (ބައުޖަމާލުއްދީން) ސްކޫލުގައި ކަމަށެވެ.
މިޕްރޮގްރާމްގައި ބައިވެރިވެ ތަމްރީން ފުރިހަމަ ކުރައްވާ ފަރާތްތަކަށް ޓްރޭނަރުންގެ ގޮތުގައި އޮފިޝަލުން ތަމްރީން ކުރުމަށް މާލެއާއި އަތޮޅުތަކުގައި ހަރާކާތްތެރިވުމަށް ވަނީ ހަމަޖެހިފައެވެ. މިޓްރޭނިންގ ޕްރޮގްރާމް ފުރިހަމަ ކުރައްވާ ޓްރޭނަރުންނަށް، ޓްރޭނިންގ ކުރިއަށްދާ ކޮންމެ ދުވަހަކަށް ދުއިސައްތަ ރުފިޔާގެ އެލަވަންސެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.
މި ޓްރެއިނިންގ ފުރިހަމަކުރައްވާ ފަރާތްތައް އިލެކްޝަނާއެކު އިޤްރާރު ކުރެވި، މާލެއާއި އަތޮޅުގައި އަދި ސިޓީތަކުގައި އޮގަސްޓް 25 އިން ފެށިގެން ސެޕްޓެމްބަރ 1 އަށް އޮފިޝަލުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
މި ޓްރޭނަރުންނަށް އޮފިޝަލުންގެ ޓްރޭނިންގ ކުރިއަށް ގެންދާ ކޮންމެ ދުވަހަކަށް ހަތްސަތޭކަ ރުފިޔާގެ އުޖޫރައެއް ލިބޭނެއެވެ. މަދަމާ ފަށާ ޕްރޮގްރާމުގައި 70 މީހުން ބައިވެރިވާނެއެވެ.
މިޕްރޮގްރާމް ކުރިއަށް ގެންދާނީ އޮގަސްޓް 11 އިން 17 ގެ ނިޔަލަށެވެ.