ވޭނާއި ނާއުއްމީދުގެ ހިނދުކޮޅުތައް އައިނަމަވެސް އުފަލުން ހުރިކަމަށް ސޮނާލީ ބުނެފި

ސޫޒަން ޚާން، ގަޔަތްރީ އޮބެރޯއި، ސޮނާލީ. ފޮޓޯ: ސޮނާލީގެ އިންސްޓެގްރާމް އިން

ނިއުޔޯކުގައި ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ބޮލީވުޑްގެ ތަރި ސޮނާލީ ދަނީ އޭނާގެ ކެތްތެރިކަމާއި ހިތްވަރުގަދަ ކަން ސާބިތުކޮސްދެމުންނެވެ. މިގެ މަހެއްހައި ދުވަސް ކުރީން ކެންސަރު ޖެހުނު ވާހަކަ ސޯޝަލްމީޑިއާގައި ހާމަކުރުމަށްފަހު ދޭތެރެދޭތެރެއިން އޭނާގެ ބައްޔާބެހޭ އަޕްޑޭތް ސޮޝަލް މީޑިއަ މެދުވެރިކޮށް ފޭނުންނާވެސް ހިއްސާ ކުރަމުންނެވެ. އޭނާގެ ވަރުގަދަ، ފަން އިސްތަށިގަނޑު ކުރުކޮށް ކޮށާލައިފައިވާ ފޮޓޯ އެއްވެސް އޭނާ ސޯޝަލްމީޑިއާގައި ޝެއަރް ކުރިއެވެ.

View this post on Instagram

This is me. And in this moment, I am really happy. People give me strange looks when I say that now, but it's true and I'll tell you why. I am now paying attention to every moment, looking for every opportunity to find joy and #SwitchOnTheSunshine. Yes, there are moments of pain and low energy, but I am doing what I like, spending time with people I love, and feeling very loved and happy. I am extremely grateful to my friends, my pillars of strength, who at a moment's notice, arrived to be with me and help me through this. In between their busy schedules they find time to visit, call, message, FaceTime... basically never leaving a moment for me to feel alone. Thank you for showing me what true friendship is. #HappyFriendshipDay, ladies. Blessed to have you all in my life (including the ones not in the picture... You know who you are) @gayatrioberoi @suzkr P.S. Nowadays I spend far less time getting ready because I don't have to fuss over my hair! ?#BaldIsBeautiful #FindThePositive #OneDayAtATime Picture credit: @hrithikroshan

A post shared by Sonali Bendre (@iamsonalibendre) on

މިއަދު ސޮނާލީ ޝެއަރ ކުރި ފޮޓޯ ތަފާތެވެ. އޭނާގެ ބޮލުގައި އިސްތަށްޓެއް ނެތެވެ. އިސްތަށިތައް ހުރީ ފައިބައިފައެވެ. މިއީ ކީމޯތެރަޕީ އަށް ފައހު އޭނާ ހިއްސާކޮށްފައިވާ ފޮޓޯ އެކެެވެ. ސޮނާލީގެ ފޮޓޯ ގައި އޭނާ ބުނެފައިަވެއެވެ. "މއީ އަހަރެން. މިވަގުތުކޮޅު. އަހަރެން މިހުރީ ވަރަށް އުފަލުން." ސޮނާލީ ބުނެފައިވަނީ އޭނާ މިހެން ބުނުމުން އޭނާއާ ދިމާއަށް މީހުން ފާޑަކަަށް ބަލާކަމަށެވެ. އެހެންނަމަވެސް އޭނާ ބުނަނީ އެއީ ހަގީގަތް ކަމަށެވެ. އަދި އެއީ ކީއްވެކަންވެސް ސޮނާލި ވަނީ ބުނެފައެވެ. މިހާރު އޭނާ ކޮންމެ ހިނދުކޮޅަކަށްވެސް ވަރަށް ބޮޑަށް ސަމާލުކަން ދެއެވެ. އަދި ހިތްހަމަޖެހިގެން އުޅެވޭނެ ފުރުސތަކަށް އޭނާ ހުންނަނީ ބަލަބަލައެވެ. ނަމަވެސް ވޭނާއި ނާއުއްމީދުގެ ވަގުތުތަކާ ކުރިމަތިލާން ޖެހެއެވެ. އެހެންނަމަވެސް އޭނާ މިހާރު ވަގުތު ހޭދަކުރަނީ އޭނާ އެންމެ ލޯބިވާ މީހުންނާއި އެކުއެވެ. އެމީހުންގެ ފަރާތުން އޭނާއަށް ލޯތްބަިއ އަޅާލުން ލިބެއެވެ. އެމީހުން އޭނާއަށް އުފާވެރިކަމުގެ އިހުސާސްތައް ގެނުވައިދެއެވެ. އޭނާވަނީ އޭނާގެ ރައްޓެހިންނަކީ އޭނާގެ ހިތްވަރުގެ ތަނބުތައް ކަމުގައި ބުެނފައިވެއެވެ. ބިޒީ ޝެޑިއުލްތަކުގައި އުޅެމުންވެސް އޭނާ ނިއުޔޯކުގަިއ އުޅޭ އިރުވެސް އޭނާއަށް ޒިޔާރަތް ކުރެއެވެ. އަދި މެސެޖުކޮސް ފޭސްޓައިމްކޮށް އޭނާ އަށް އެކަނިވެރި ކަމުގެ އިހުސާސް ވިޔަނުދިނުމަށް މަސައްކަތް ކުރެއެވެ.

ސޮނާލީގެ ޕޮސްޓު ނިންމާލައިފައިވަނީ ރީތިވާން މިހާރު ގިނަވަގުތު ހޭދަ ކުރަން ނުޖެހޭ ކަމަށް މުނެ ސަމާސާގޮތަކަށެވެ. އެއީ އިސްތަށިގަނޑާ މެދު ވިސްނަން ނުޖެހޭތީ ކަމަަށް ސޮނާލީ ބުނެފައިވެއެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.