ޑރ. ޝަހީމް ޕީޕީއެމަށް ސޮއި ކުރައްވައިފި

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީންގެ ރަނިންމޭޓް އަދި މޯލްޑިވްސް އިސްލާމިކް ޔުނިވަރުސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ޕީއެމަށް މިރޭ ސޮއި ކުރައްވައިފިއެވެ.

އެމަނިކުފާނު އެޕާޓީއަށް ސޮއި ކުރެއްވީ ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް އެރުވުމަށް ދަރުބާރުގޭގައި  ބޭއްވި ޖަލްސާގައެވެ. މެންބަރޝިޕް ފޯމުގައި ސޮއި ކުރެއްވުމަށްފަހު އެމަނިކުފާނުގެ ފޯމާ ހަވާލުވެ ވަޑައިގެންނެވީ ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނެވެ.

މިޖަލްސާގައި ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ރަނިންމޭޓުކަން ޑރ ޝަހީމް ގަބޫލު ކުރެއްވީތީ އެމަނިކުފާނަށް ޝުކުރު ދަންނަވައިފައެވެ. ޑރ. ޝަހީމް ވަނީ ކެންޕޭން ދަތުރުފުޅެއްގައި ވަރަށް ފަހުން ހުވަދު އަތޮޅު އުތުރުބުރީގެ ރަށްރަށަށް ވަޑައިގެން ރައީސް ޔާމީނަށް ތާއިދު ހޯއްދެވުމަށް މަސައްކަތް ކުރައްވައިފައެވެ.

އެދަރުފުޅުގައި ޑރ. ޝަހީމްވަނީ ހުރިހާ އިލްމުވެރިން ވެސް ރައީސް ޔާމީނާ ފަހަތްފުޅަށް އަރާވަޑައިގެން ސާބިތުވެ ތިއްބެވުމަށް ގޮވާލައިވައިފައެވެ. އަދި ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބު ކުރައްވައިފި ކަމަށްވާނަމަ ރައްޔިތުންނަށްޓަކައި ހެޔޮވެރިކަމެއް އެމަނިކުފާނު ކޮށްދެއްވާނެ ކަމަށް ވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.