
އިސްލާމިކް ޔުނިވަރުސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ޗާންސެލަރު ކަމުގެ މަޤާމުން ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިސްތިއުފާ ދެއްވައިފައެވެ.
އެ މަޤާމުން އިސްތިއުފާ ދެއްވިކަން ހާމަކުރައް ވަމުން ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމަޤާމުގައި ނެތަސް އިސްލާމް ދީނާއި ދިވެހި ޤައުމާއި މުޅި އިސްލާމީ އުންމަތަށް ޚިދުމަތް ކުރެއްވުން މަތީ ދެމިހުންނެވީ އެންމެ މަތިވެރި ޢަޒުމަކަށް ކަމަށް ހައްދަވާނެ ކަމަށެވެ.
ޝަހީމް އައިޔޫއެމް ގައި ހުންނެވި ދުވަސްވަރުވަނީ އެތަނުގެ ތަރައްޤީއަށް ޓަކަށް ގިނަގުނަ މަސައްކަތްތަކެއް ކާމިޔާބު ކަމާއެކު ކުރައްވައިފައެވެ.
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޢަބްދުﷲ ޔާމީނުގެ ރަނިންމޭޓެއްގެ ގޮތުގައި ނުކުމެ ވަޑައިގެން ބޮޑު ތަފާތަކުން ނާކާމިޔާބުވެ ވަޑައިގެންފައެވެ.