މައުމޫން ފައުންޑޭޝަން ދަރިވަރުންގެ ރީރަޖިސްޓްރީގެ ކަންތައް ފުރިހަމަކުރަނީ

މިއަހަރު ސެޕްޓެމްބަރު މަހު 23 ގައި ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލާ ފަރާތްތައް ރީރަޖިސްޓްރީ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އިންޑިއާގައި ވެސް އެމްޑީޕީގެ ޓީމެއް ދަނީ މަސައްކަތްކު ރަމުންނެވެ.

"ޖަޒީރާ ރާއްޖެ" ގެ ނަމުގައި ކުރަމުންދާ ކެންޕޭނުގައި އެމްޑީޕީގެ ކެންޕޭން ޓީމެއް މިހާރު މަސައްކަތް ކުރަމުންދަނީ މައުމޫން ފައުންޑޭޝަންގެ ދަށުން އިންޑިއާގެ ބެންގަލޫރު ގާޑެންސިޓީ ޔުނިވަރުސިޓީގައި ކިޔަވަމުންދާ ދަރިވަރުންގެ ރީރަޖިސްޓްރޭޝަން ކަންތައް ފުރިމަ ކުރުމަށް ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

އިންޑިއާގެ އިތުރަށް އަވަށްޓެރި ބައެއް ގައުމުތަކާއި ރާއްޖޭގެ އެކިއަތޮޅުތަކާއި ރަށްރަށުގައި އެމްޑީޕީގެ ކެންޕޭން ޓީމުތައް ދަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން އާންމު މެންބަރުންނާއި މަޖިލިސް މެންބަރުންވެސް ގެންދަވަނީ މިހަރަކާތުގައި ބައިވެރިވަމުންނެވެ.

އެޓީމްތައް ގެންދަނީ ދޮރުންދޮރަށް ހިނގައި ރީރަޖިސްޓްރޭޝަން ކަންތައް ފުރިހަމަ ކުރަމުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވަނީ އަމިއްލަފަރާތްތަކުންނާއި ޖަމިއްޔާ ޖަމާއަތްތަކާއި ސިޔާސީ ޕާޓީތަކުން ނުކުމެ ރީރަޖިސްޓްރޭޝަންކަންތައް ފުރިހަމަ ކުރެއްވުމަށް އެ ކޮމިޝަނުން ހިތްވަރުދޭ ކަމެއް ކަމަށެވެ.

ރީރަޖިސްޓްރީ ކުރުމަށް ދީފައިވާ މުއްދަތު ހަމަވާނީ އޮގަސްޓް 10 ވަނަ ދުވަހުއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.