'ސަންޖޫ' އެންމެ ކާމިޔާބު ހިންދީ ފިލްމުތަކުގެ ލިސްޓުގައި ހަތަރުވަނައަށް

ޖޫން މަހުގެ 29ވަނަ ދުވަހު 'ސަންޖޫ' އެޅުވިފަހުން އެފިލްމު ދަނީ ހުއްޓުމެއް ނެތި ބޮކްސް އޮފީހުގައި ކާމިޔާބު ހޯދަމުންނެވެ. ފިލްމު އެޅުވި ފުރަތަމަ ދުވަހުވެސް އެ ފިލްމު ވަނީ ބޮކސް އޮފީހުގެ ރެކޯޑުތަކެއް މުގުރާފައެވެ.

މިހާރު 'ސަންޖޫ' ވަނީ ކާމިޔާބު ހިންދީ ފިލްމުތަކުގެ ލިސްޓުން ހަތަރުވަނައިގައެވެ. ކުރީން ހަތަރުވަނައިގައި އޮތީ ސަލްމާން ޚާން ގެ 'ބަޖިރަންގީ ބާއި ޖާން' އެވެ. 'ސަންޖޫ' މި ކާމިޔާބު ހޯދާފައިވަނީ ފިލްމު އެޅޫވިތާ 19 ދުވަސް ތެރޭގައެވެ. 'ބަޖިރަންގީ ބާއި ޖާން' އަށް މިހާތަނަށް ލިބިފައިވަނީ 320.34 ކުރޯޑް ރުޕީސް އެވެ. ނަމަވެސް 'ސަންޖޫ' މިވަނީ 19 ދުވަސްތެރޭގައި އެފިލްމު ފަހަތަށް ޖައްސައި، ބޮކްސް އޮފީހުގައި 321.57 ކުރޯޑް އިންޑިއަން ރުޕީސް ހޯދާފައެވެ.  

ބޮކްސް އޮފީހުގެ އެންމެ ކާމިޔާބު 3 ފިލްމުގެ ގޮތުގައި މިހާރު އޮތީ އާމިރް ޚާން ގެ 'ދަންގަލް (387.38 ކުރޯޑް ރުޕީސް)، އާމިރް ޚާންގެ 'ޕީކޭ (340.8) އަދި ސަލްމާން ޚާންގެ 'ޓައިގަރ ޒިންދާހޭ (339.16 ކުރޯޑު ރުޕީސް) އެވެ. 'ސަންޖޫ' އަށް 'ދަންގަލް' އާއި އަރައިހަމަ ނުކުރެވުނަސް ދާދި އަވަހަށް 'ޓައިގަރ ޒިންދާހޭ' އާއި އަރައި ހަމަކޮށް، ތިންވަނަ އަށް އެންމެ ކާމިޔާބު ފިލްމަށް ވާނެ ކަމަށް އެނެލިސްޓުން ދެކެއެވެ.

ނަމަވެސް މިހާރު އެންމެ ގިނަބަޔަކު އިންތިޒާރުކުރަމުންދާ ފިލްމު 'ދަޅަކު' މާދަމާ ރިލީޒް ކުރުމުން 'ސަންޖޫ' ކުޑަކޮށް މަޑުޖެހޭނެކަމަށްވެސް އެނެލިސްޓުން ދެކެއެވެ.

                                                                                    މައުލޫމާތު ނަގާފައިަވނީ ފިލްމުފެއަރ އިންނެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.