ސްޕްރީމް ކޯޓުގެ އަމުރާބެހޭ ގޮތުން ބަސްބުނީ ރައީސަށްވީތީ: ރައީސް ޔާމިން

ފެބުރުއަރީ އެކެއްގައި ސްޕްރީމކޯޓުން ނެރުނު އަމުރާ ބެހޭގޮތުން ބަސްފުޅު ވިދާޅުވީ މުޅި ގައުމުގެ ހައްގާއި މަސްލަހަތުގައި ބަސްފުޅު ވިދާޅުވާންޖެހޭ ބޭފުޅަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށްވީތީ  އެ ހައިސިއްޔަތުން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހއ. ދިއްދުއަށް މިއަދު ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެމަނިކުފާނު ވިދާޅުވީ މުއައްސަސާތަކުގެ ވެރިން ގައުމަށާއި ވަތަނަށް އިޚުލާސްތެރިވާންޖެހޭ ކަމަށެވެ. އަދި ސިޔާސީ ލީޑަރުންގެ ވިސްނުމަކީ އަމިއްލަ ވިސްނުމެއްކަމަށާއި، ގައުމުގެ އިސްތިގުލާލާއި ކަރާމާތް ނަގަހައްޓައި ދޭންޖެހެނީ ސިޔާސީ ލީޑަރުން ކަމަށްވާނަމަ އެސިފަހުރި އެކަކުވެސް އިދިކޮޅުގައި މިހާރުނެތް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެފަދަ ސިޔާސީ ލީޑަރުން މިހާތަނަށް އިސްކޮށްފައިވަނީ އަމިއްލަ މަސްލަހަތު ކަމަށާއި، ގައުމަށް ކޮށްފައިވަނީ "ނުހޮރުއްޕާން" ކަމަށާއި އެފަދަ މީހުންގެ އަމާނާތްތެރިކަމެއް ނެތުމުން ރައްޔިތުންނާއި ގައުމުގެ ގައްގުގައި ވާހަކަ ދެއްކޭނެ މީހަކުވެސް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް އަމިއްލަ މަސްލަހަތަށްވުރެ ގައުމުގެ މަސްލަހަތު އިސްކުރަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. "އަމިއްލަ މަސްލަހަތަށްވުރެ މުޅި ގައުމުގެ މަސްލަހަތު އިސްކުރައްވަންޖެހޭނެ. ބާރަ ފަހަރު އިދިކޮޅު މީހުންނަށް ދައުވަތު ދީފިން މަޝްވަރާއަށް. ބޮޑެތި ކުށް ކޮށްފައިތިބޭ މީހުންގެ މައްސަލަ ހައްލުކުރަން ގާނޫނަށް ބަދަލު ގެންނަން ވެސް ހުށަހަޅައިފައިވާނެ. އެކަމަކު އެކަންކުރާނީ ރައްޔިތުންގެ މަޖިލީހުން. އަޅުގަނޑު މަސައްކަތްކުރަނީ ގައުމުގެ ޝަރަފަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނުވަތަ މަޖިލީހުގެ އަމިއްލަ ވިސްނުމެއް އޮވެގެންނުވާނެ ކަމަށާއި މެންބަރުން މަސައްކަތް ކުރަންވާނީ އެމީހަކު އިންތިޚާބުވާ ދާއިރާއާއި ދައުލަތުގެ މަސްލަހަތުގައި ކަމަށެވެ. އަދި އެމީހުން މަސައްކަތް ކުރަންޖެހޭނީ ގޮނޑިއަށް އިންތިޚާބުވާ ފަލްސަފާއާ އެއްގޮތަށް ކަމަށާއި އެފަލްސަފާ ދޫކޮށްލައިފި ކަމަށްވާނަމަ ގޮނޑި ވެސް ގެއްލޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ މުޅި ދުނިޔޭގައިވެސް އެކަން އޮންނަ ގޮތް ކަމަށް ރައީސް ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކަށް ބަހުގެ ހަމަލާ ދެއްވަމުން ރައީސް ވިދާޅުވީ ގައުމަށް ހެޔޮއެދިގެން އުޅޭބަޔަކު ގައުމުގެ ފަތިފުށް ހާމަކޮށް ނުގޮވާނެ ކަމަށެވެ. "ފުލުހުންނާއި ސިފައިންނާ ކުރިމަތިލާން ނުގޮވާނެ. ބޭރުގެ ހިމާޔަތަށް އެދި ނުގޮވާނެ. ގައުމުގެ އިސްތިގުލާލް ހިފަހައްޓަން ބޭރުގެ ބަޔަކު ނާންނާނެ. މިފަދަ ގޮވާލުންތައް ގޮވާލާ މީހުންނާމެދު ރައްޔިތުން ވިސްނަންޖެހޭނެ. ސަރުކާރުން އިސްކަންދޭނީ ގައުމީ ތަރައްގީއަށް. ގައުމު ވަންތަކަން އިސްކުރުމަށް،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ދީނަކީ އިސްލާމްދީން ކަމަށާއި ރާއްޖޭގައި އެދީނުގެ ހުކުމްތައް ހިނގަންވާނެ ކަމަށެވެ. މަރުގެ ހުކުމް ތަންފީޒުކުރުމާއި ބޮޑެތި ކުށްކުރާ މީހުންނަށް އަދަބު ދިނުމުގައި ޚިޔާލު ތަފާތުވެގެން ނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެކަމަކު އެކަން

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.