ވެރިކަން ކުރުމުގެ ޝަރުތެއް އިދިކޮޅު ކެންޑިޑޭޓުންގެ ހަމައެއްނުވޭ: އަދުރޭ

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހާއި އެމަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމަކީ ވެރިކަން ކުރެއްވުމުގެ ޝަރުތު ހަމަވާ ބޭފުޅުންނެއް ނޫން ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅިވީ ހދ. ނޮޅިވަރަމުގައި ސަރުކާރުން ގާއިމްކޮށް ދެއްވި ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީގޮތުން ފަށްޓަވައި ދެއްވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. އަބްދުއްރަހީމް ވިދާޅުވީ އެ ދެބޭފުޅުން ވަރަށް ފަހުން އައްޑޫސިޓީއާއި ފުވައްމުލަކު ސިޓީއަށް ވަޑައިގެންނެވި ކަމަށެވެ. އެހެންނަމަވެސް ރައްޔިތުންނަށް ކޮށްދެއްވާނެ ތަރައްގީގެ އެއްވެސް ވާހަކައެއް ނުދައްވާ ކަމަށެވެ. "ދެއްކެވި ވާހަކައަކީ ނޮވެމްބަރ ސަތާރަގައި ހުރިހާ ކުށްވެރިން ދޫކޮށްލާނެ ވާހަކަ. ކުށްވެރިންގެ ތެރޭގައި ތަފާތު ކުށްވެރިން އެބަތިބި. އެފަދަ މީހުން ދޫވާކަށް އެއްވެސް ރައްޔިތަކު ބޭނުންނުވާނެ،" އަދުރޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިކަންކަމަށް ބަލާއިރު އެބޭފުޅުން ވެރިކަމަށް ޝަރުތު ހަމަނުވާކަން ދޭހަވާ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.