
ދުނިޔޭގެ ފުޓުބޯޅަ ތަށި ދެވަނަ ފަހަރަށް ފަރަންސޭސިވިލާތުން ހޯދައިފިއެވެ. އެއީ އާދީއްތަ ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުގައި 4 ލަނޑު 2 ލަނޑުން ކްރޯއޭޝިއާ ބަލިކޮށްފައެވެ.
ފައިނަލް މެޗުގައި ފުރަތަމަ ލަނޑު ކްރޮއޭޝިއާ ކޮޅަށް ވަދެފައި ވަނީ އަމިއްލަ ޓީމުގެ މީހެއް ކަމުގައިވާ މަންޒުކިޗްގެ ބޮލުގައި ޖެހިފައެވެ. އެއީ މެޗުގެ 18 ވަނަ މިނިޓުގައެވެ. ކްރޮއޭޝިއާގެ ފުރަތަމަ ލަނޑު ޖެހީ 28 ވަނަ މިނިޓުގައި އިވާން ޕެރިސިޗެވެ. އެއްވަރު ވެފައި އިރުކޮޅަކު އޮތުމަށް ފަހު ފަރަންސޭސިން ދރެވަނަ ލަނޑު ޖެހީ 38 ވަނަ މިނިޓުގައި ޕެނަލްޓީއަކުން ގްރީޒްމަންއެވެ. އަނެއް ދެ ލަނޑު ޖެހީ ފަހު ހާފުގައެވެ. އެއީ 59 ވަނަ މިނިޓުގައި ޕޮގްބާ ޖެހި ލަނޑާއި، 65 ވަނަ މިނިޓުގައި އެމްބާޕޭ ޖެހި ލަނޑެވެ. ކްރޮއޭޝިއާގެ ދެވަނަ ލަނޑު ޖެހީ 69 ވަނަ މިނިޓުގައި އަނެއްކާވެސް މަންޒިކިޗެވެ.
މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކްރޮއޭޝިއާގެ ކެޕްޓަން މޮޑްރިޗެވެ. އެންމެ މޮޅު ޒުވޡން ކުޅުންތެރިއަކަށް ހޮވުނީ ފަރްނސޭސި ޒުވާން ކުޅުންތެރިޔާ އެމްބާޕޭއެވެ. އެންމެ މޮޅު ގޯލްކީޕަރަކީ ބެލްޖިއަމްގެ ގޯލްކީޕަރެވެ. އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވުނީ އިނގިރޭސި ކެޕްޓަމް ހަރީ ކޭން އެވެ.