
ހޮލީވުޑްގެ ތަރި ޖޯޖް ކްލޫނީ އެކްސިޑެންޓަކުން ލިބުނު އަނިޔާއަށް ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ. އުމުރުން 57 އަހަރުގެ ކްލޫނީ ދުއްވާފައި ދިޔަ ސްކޫޓަރާއި ކާރެއްޖެހި އެކްސިޑެންޓް ހިނގާފައިވަނީ އިޓަލީގައެވެ. އިޓަލީގައި އޭނާ ދިޔައީ ޓީވީ ސިލްސިލާ 'ކެޗް-22' ގެ ޝޫޓިން ގެ މަސައްކަތް ކުރަމުންނެވެ.

ހޮލީވުޑް ޚަބަރުތައް ބުޏާގޮތުން އެކްސިޑެންޓ ހިނަގަން މެދުވެރިވީ އަންގާރަ ދުވަހު ހެނދުނު އޭނާ ސްކޫޓަރުގައި ދަނިކޮށް ބާރު ސްޕިޑިގައި ދުއްވާފައި ދިޔަ ކާރެއް ކްލޫނީ އޯވަރޓޭކް ކުރަން އުޅުމުގެ ތެރޭގައެވެ. މިއީ ވަރަށް ނުރައްކާތެރި އެކްސިޑެނތެއް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އެކްސިޑެންޓުން ކުލޫނީ އަށް ކުދި އަނިޔާ ލިބުނެވެ. އޭނާ ހޮސްޕިޓަލަށް ގެންދަން އެހީތެރިވީ ކާރު ދުއްވަން އިން މީހާއެވެ.

ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ފަހު އޭނާ ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ. އަދި އޭނާ ރިކަވަރ ވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.