ދޮށީ އުމުރުގެ މީހުންނަށްދޭ ފައިސާ އިތުރުކޮށްދޭނަން: ރައީސް

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވެރިކަމުގެ ދެވަނަ ދައުރަކަށް އިންތިޚާބު ކޮށްދެއްވައިފި ކަމަށްވާނަމަ އުމުރުން 65 އަހަރުންމަތީގެ މީހުންނަށް ސަރުކާރުން ދެއްވާ އިނާޔަތް އިތުރު ކޮށްދެއްވާނެ ކަމަށް ރައީސް ޔާމީން މިއަދު ވިދާޅުވެއްޖެއެވެ.

މ. މުލަކަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުން ރައީސް ޔާމީން ދެންމެ ވިދާޅުވީ އެމަނިކުފާނު ސަރުކާރާ ހަވާލުވެ ވަޑައިގެންނެވިއިރު ދައުލަތުގެ ދަރަނި ވަރަށްބޮޑު ކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނު އޭރު ވައުދުވެ ވަޑައިގެންނެވި ގޮތަށް ދޮށީ އުމުރުގެ މީހުންނަށް ފަސްހާސް ރުފިޔާގެ އިނާޔަތެއް ހަމަޖައްސަވައި އެކަން ތަންފީޒު ކުރައްވަމުން ގެންދަވާ ކަމަށެވެ. އެހެންވީމާ އެއަދަދު ކުރިއަށްއޮތް ފަސް އަހަރުގައި އިތުރުނުވާނެ ކަމަށް ދޮށީ އުމުރުގެ މީހުން ހީކޮށްގެން ނުވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ދޮށީ އުމުރުގެ މީހުންނަށް ދެއްވާ އިނާޔަތް އިތުރު ކުރެއްވިޔަސް އެ އިތުރު ކުރައްވާނީ ކިހާވަރެއް ކަމެއް ރައީސް ވިދާޅެއް ނުވެއެވެ. އެ އަދަދު ފަހުން ހާމަކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.