ރައީސް އަބުދުﷲ ޔާމިންގެ ޒައާމަތުގައި ދިވެހިރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބި އެކަމުގެ ފައިދާ ފެންނަން ފަށާފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ، ރައީސް ޔާމީން 2018 މިނަމުގައި ރައީސްގެ އަނބިކަނބަލުން އިންތިޒާމުކުރެއްވި ތިންވަނަ މަހާ ސިންތާ ފެށުމުގެ ގޮތުން ރޭ ބ.އަތޮޅު އޭދަފުށީގައި ބޭއްވި ރަސްމިޔާތުގައި ވާހަކަދައްކަވަމުންނެވެ. މޫސާ ޒަމީރު ވިދާޅުވީ، ރައީސް ޔާމިން ވެރިކަމަށް ވަޑައިގަތުމާއެކު ދިވެހިރާއްޖެއަށް އިޤްތިޞާދީގޮތުން އެދެވޭފަދަ ކާމިޔާބު ބަދަލުތަކެއް އަންނަން ފަށައިފައިވާކަމަށެވެ. ސަރުކާރާއި އާއްމު ރައްޔިތުން ހިއްސާވާ ކުންފުނިތަކުގެ މާލީ ހާލަތުން ވެސް މިކަން ފެންނަން ފަށާފައިވާކަން ޒަމީރު ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަން ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަން ފަދަ ކުންފުނިތަކަށް އަންނަމުންދާ ކުރިއެރުންތައްކަކީ މިކަމުގެ ހެއްކެތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި އަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރު ފާހަގަކުރެވެނީ އަތޮޅުތަކުގެ ރައްޔިތުންގެ އުމްރާތީ ތަރައްޤީއަށް އެންމެބޮޑު ޚިދުމަތްތަކެއް ކޮށްދެއްވަމުންގެންދަވާ ސަރުކާރުގެ ގޮތުގައިކަމަށެވެ.
އެގޮތުން އަތޮޅު ތެރޭގެ ރަށްރަށުގައި ޤާއިމުކުރެވެމުންދާ ފެނާއި ނަރުދަމާގެ ނިޒާމް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ޠާރިޒް ވިދާޅުވީ މީގެ ކުރިން ސަރުކާރަކުން އެމަސައްކަތް ނުކުރާވަރަށް ރައީސް ޔާމިންގެ ސަރުކާރުން އަތޮޅުތަކުގެ ރަށްތަކުގައި ފެނާއި ނަރުދަމާގެ މަސައްކަތްތައް ކުރަމުންގެންދާކަމަށެވެ.