
މިދުވަސްކޮޅު ބޮލީވުޑް ޚަބަރުތަކުގެ އެންމެ ކުރީގައި އުޅެނީ ރަންބީރް ކަޕޫރް އެވެ. އޭނާ އަށް މިދުވަސްކޮޅު ސަމާލުކަން ލިބެމުން އަންނަނީ ދެ ސަބަބަކާ ހުރެއެވެ. އެއްސަބަބަކީ އޭނާގެ ފިލްމު 'ސަންޖޫ' ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީ އެއް ހޯދުމެވެ. ދެވަނަ ކަމަކީ އޭނާ އާލިއާ ބަޓް އާ ލޯބީގެ ގޮތުން ގުޅިގެން އުޅުމެވެ.
އާލިއާ އާއި ރައްޓެހި ވެގެން އުޅޭކަން މޭ މަހު މީޑިއާގައި ހާމަކުރި ފަހުން މި ދެތަރީންނަށް ނޫސްވެރީން އިތުރު ސަމާލުކަމެއް ދޭން ފެށިއެވެ. އާލިއާ ވަނީ ރަންބީރްގެ ގެއަށް ގޮސް ރަންބީރްގެ މަންމަ އާއި ބައްޕަ އާއި ބައްދަލުކޮސްފައެވެ. އަދި އ އާއިލާ އާެކު ރެސްޓޯރެންޓްތަކަށް ވެސް ގޮސްފައެވެ.
ރަންބީރް ވަނީ ރޭ އާލިއާގެ ގެއަށް ގޮސް އާލިާގެ ބައްޕަ، މަހޭޝް ބަޓް އާއި ބައްދަލުކޮށްފައެވެ. އާލިއާގެ ގޭގައި ރަންބީރް އުޅެނިކޮށް ނަގާގައިވާ ފޮޓޯތަކެއް މިހާރުވަނީ މީޑީއާގައި ދައުރުވާން ފަށާފައެވެ.
އާލިއާ އާއި ރަންބީރް ލޯބީގެ ގޮތުން ގުޅުނީ ދެމީހުން އެކުގައި ކުޅޭ ފިލްމެއްގެ ޝޫޓިންގައި އުޅެމުންނެވެ. ރަންބީރް ވަނީ މީގެ ކުރީން ދީޕިކާ އަދި ކަޓްރީނާ ކައިފް އާއިވެސް ލޯބީގެ ގޮތުން ގުޅިގެން އުޅެފައެވެ.