
ށ. ބިލެތްފަހީގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ހިންގި މަޝްރޫއުގެ ނިންމުމުގެ ރަސްމިއްޔާތު ރައީސް ޔާމީން މިއަދު ޝަރަފުވެރި ކޮށްދެއްވައިފިއެވެ.
އެ ރަށަށް ވަޑައިގެން މިރަސްމިއްޔާތުގައި ރައީސް ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަކީ ރަށާއި ރައްޔިތުންނަށް ލިބުނު އަމާން ކަމެއްކަމަށެވެ.
އެރަށަކީ އަބަދުވެސް ރަށް ގިރުމުގެ މައްސަލަ ދިމާވުމުގެ މައްސަލަ ކުރިމަތިވެފައިވާ ރަށެވެ. އެހެންކަމުން ރައީސް ޔާމީންގެ ސަރުކާރުން އެރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރުމަށް 2015 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމެނިއެވެ. އަދި އެނަސައްކަތް ފެށިއެވެ. އެ މަޝްރޫއުއަށް ޖުމްލަ 15,247,932.76 ރުފިޔާ ހަރަދުކޮށް ކޮށްފައިވެއެވެ.
އެމަސައްކަތް ފަށައިފައިވަނީ 2015 ވަނައަހަރުފެ ސެޕްޓެމްބަރު މަހުގައެވެ. މަޝްރޫއު ނިމިފައިވަނީ 2016 ވަނައަހަރު އެވެ.
އެރަށުގެ ގިރާ ސަރަހައްދުގައިވަނީ 25,738 ކޮޑިމީޓަރު ވެލި އަޅައި 520 މީޓަރު ދިގުމިނުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖަހައިފައެވެ.